އަލަށް ސައިކަލު ހޯދާ ކުދިން މިދުޢާ ކިޔަމުތަ؟

ކޮންމެ ދުވަހަކީވެސް އެތައް ބައިވަރު ކުދިން އަލަށް ސައިކަލު ހޯދާ ދުވަހެކެވެ. ގަނެގެންނާއި އިންސްޓޯލްމަންޓަށެވެ. ބައެއްފަހަރު ރަނގަޅު ވަޒީފާއެއް ލިބުމުން އޮފީހަށް ދިމަށް ޢާއިލާގެ ހަދިޔާއެއްގެ ގޮތުގައެވެ. އަނެއްބައި ފަހަރު ޢާއިލާގެ ބޭނުންތަކަށް ފިރިމީހާ ނުވަތަ އަނބިމީހާ ދޭ ހަދިޔާއެއްގެ ގޮތުގައެވެ.
ކޮންމެ ގޮތަކުން ނަމަވެސް އަލަށް ސަވާރީއެއް ލިބިއްޖެ ނަމަ ސަވާރީގައި އަތްއަލައިގެން ހުރެ މިދުޢާ ކިޔާށެވެ.
"اللهم إني أسألك خيرها وخير ما جبلتها عليه وأعوذ بك من شرها وشر ما جبلتها عليه."
"ހައްދަވާ ގެންގުޅުއްވަވާ އިލާހް އެވެ. މީގައިވާ ހެވަކާއި މީގައި ލައްވަވާފައިވާ ހެޔޮކަން މިއަޅާއަށް މިންވަރުކުރައްވަވައިފާނދޭވެ! އަދި މީގައިވާ ނުބައިކަމާއި މީގައި ލައްވަވާފައިވާ ނުބައި ކަމަކުން މިއަޅާ ސަލާމަތް ކޮށް ދެއްވަވައިފާނދޭވެ!"
ދުޢާ އާ ދުޢާގެ މާނަ- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ