ސިއްރު ހެކި ބަހަކީ އިސްލާމީ އަޤީދާގަ އޮންނަ އެއްޗެއް ނޫން: ރައީސް މައުމޫން

ސިއްރު ހެކިބަހަކީ އިސްލާމްދީނުގައި އޮންނަ އެއްޗެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބު ބާތިލު ކުރަން ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ސިއްރު ލިޔުންތަކަކާއި ސިއްރު ހެކިންތަކަށް ފާޑު ވިދާޅުވަމުން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސިއްރު ހެކި ބަހަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެއް ނޫން ކަމަށާއި ކީރިތި ޤުރްއާނާއި ރަސޫލާ (ޞޢޥ)ގެ ސުންނަތުގައި އަދި އެއްވެސް އިމާމެއްގެ ބަސްފުޅުގައި ސިއްރު ހެކި ބަހުގެ ވާހަކަ ނެތް ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ބަލިވި ރައީސް ޔާމީންގެ ފަރާތްޕުޅުން އެއިންތިހާބު ބާތިލުކޮށް އަލުން ރިޔާސީ އިންތިހާބު ބޭއްވުމުގެ އަމުރަކަށް އެދިވަޑައިގެން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް މިއަދު ފަށާފައިވާއިރު، މިއަދުގެ އަޑުއެހުމުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ސިއްރު ހެކިންގެ ގޮތުގައި ހުށަހެޅީ ކިތައް މީހުން ކަމެއް އަދި މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ.
މިމައްސަލައިގެ ދެވަނަ އަޑުއެހުމެއް މާދަމާ ހެނދުނު 10:30 އަށް ވަނީ ތާވަލު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ