އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭގޮތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް، އިނގިރޭސިވިލާތުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސްއާ މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
މަޖިލީހުން ބުނީ އިންތިހާބާ ގުޅޭގޮތުން މަޝްވަރާ ކުރީ ސަފީރު މިއަދު މަޖިލީހަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން ކަމަށެވެ. އަދި އެ ޒިޔާރަތުގެ ތެރެއިން ބޭއްވި ބައްދަލުވުމުގައި، ގާސިމް ވަނީ މިހާރު ހިނގާ 18 ވަނަ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ވެސް ސަފީރަށް މައުލޫމާތު ދެއްވާފަ އެވެ.
އޭގެ އިތުރުން ރާއްޖެއާ އިނގިރޭސިވިލާތާ ދެމެދު އޮންނަ ގާތް ގުޅުންތަކާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. އަދި ރާއްޖޭގައި އިނގިރޭސިވިލާތުގެ އެމްބަސީއެއް ހުޅުވަން ކުރާ މަސައްކަތަށް ގާސިމް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.
އެގޮތުން ރާއްޖޭގައި އިނގިރޭސިވިލާތުގެ އެމްބަސީއެއް ހުޅުވުމުން، ދިވެހިންނަށް ބޮޑެތި ފަސޭހަތަކެއްލިބިގެންދާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
މަޖިލީސް އިންތިހާބާ ގުޅޭގޮތުން ގާސިމް، އިނގިރޭސި ސަފީރާ މަޝްވަރާ ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ