ލަތީފް ހުށަހެޅުއްވީ ވަރަށް ވިޔާނުދާ އިސްލާހެއް: މެމްބަރު ދީދީ

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅަކަށް ރައްޔިތުން މަޖިލީހަށް ވާދަނުކުރެވޭ ގޮތަށް ހުށަހެޅުއްވި އިސްލާހަކީ ވަރަށް ވިޔާނުދާ އިސްލާހެއް ކަމަށް، ހިތަދޫ މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ އިންތިހާބުތަކާ ބެހޭ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަބްދުއްލަތީފު މުހައްމަދެވެ.
މިފަދަ އިސްލާހެއް ހުށަހަޅާފައިވާއިރު އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާނެކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިއުލާންކުރައްވާފައެވެ. ނަޝީދު ވާދަކުރައްވަން ނިންމަވާފައިވަނީ މައްޗަންގޯޅީ މެދު ދާއިރާ އަށެވެ.
މި އިސްލާހާ ގުޅިގެން މެމްބަރު ދީދީ ވިދާޅުވީ ސީދާ ވަކި ބޭފުޅަކަށް އަމާޒުކޮށް ގާނޫނު ނުހެދޭނެ ކަމަށާއި، ނަޝީދަށް އަމާޒުކޮށް ހުށަހަޅާފައިވާ މި އިސްލާހާ ކަނޑައެޅިގެން ދެކޮޅު ހަދާ ކަމަށެވެ.
Mi ee varah viyaanudhaa islaah eh ! seedhaa vakibeyfulhakah amaaz koh Qaanoon nuhedheyn! raees⁦ @MohamedNasheed⁩ ah Amaaz koh hushahalhaa mi islaah ah kandaelhigen dhekolhu hadhan https://t.co/g77QryL2RI
— Ibrahim M Didi (@ibrahimmdidi) January 14, 2019
ނަޝީދުގެ އިތުރުން މަޖިލިސް އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަކުރައްވާނެ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ. ނަމަވެސް އެމަނިކުފާނު އެކަން އަދި ޔަގީންކޮށްދީފައެއް ނުވެއެވެ.
މަޖިލިސް އިންތިހާބުގައި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް ވެސް ވާދަކުރައްވަން ނިންމަވާފައިވާއިރު، ކުރީގެ ސަރުކާރުތަކުގައި ވަޒީރުކަން ކުރެއްވި ބައެއް ބޭފުޅުން ވެސް މަޖިލީހަށް ކުރިމަލައްވާނެކަން މިހާރު ވަނީ އިއުލާން ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ