12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނުނިންމަން، ގޮތް ނިންމާނީ ސުޕްރީމް ކޯޓުން: އަކްރަމް
12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނުންނިމާ ކަމަށައި ގޮތް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވެއްޖެއެވެޗެނަލް 13 އަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ، 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނުންނިމާ ކަމަށެވެ. އަދި 12 މެމްބަރުންގެ ގޮނޑީގެ މައްސަލަ އާއި ގުޅޭގޮތުން އެންމެ ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަން އަކްރަމް ފާޙަގަކުރެއްވިއެވެ. އަކަރަމް ވިދާޅުވިގޮތުގައި، ސުޕްރީމް ކޯޓުން 12 މެމްބަރުންގެ ގޮނޑީގެ މައްސަލަ އާއި ގުޅޭގޮތުން އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި އެ ކޯޓުން އެ މައްސަލަ އާއި ގުޅޭގޮތުން ހިޔާލުތަފާތު ވުން އުފެދިފައިވާކަމަށާއި އެހެން ކަމުން އެންމެ ފަހުގެ ފައިސަލާ އެއް ލިބެން ދެން ބައި އިލެކްޝަން މަޑު ޖެއްސުމަށް ނިންމާފައިވޭއެވެ. އިކްރަމް ވިދާޅުވީ، އަދި ކޯޓުން ގޮތެއް ނިންމަން ދެން 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް އީސީއިން ނިންމާފައިވާ ނިންމުން ދަމަހައްޓާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ