ހެނބަދޫ ނަރުދަމާ ނިޒާމް ރައީސް ސޯލިހު އިފްތިތާހު ކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ނ. ހެނބަދޫ ނަރުދަމާ ނިޒާމް މިއަދު އިފްތިތާހު ކޮށްދެއްވައިފި އެވެ.
އެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ، ހެނބަދޫ ރައްޔިތުންނަށް ގާއިމްކޮށްދެވިގެންދާ ނަރުދަމާ ނިޒާމުގެ ސަބަބުން ލިބިގެންދާނެ އެންމެ ބޮޑު ފައިދާއަކީ ހެނބަދޫގެ ފެން ފަށަލަ ނަޖިހުން ތަގައްޔަރުވުން ހުއްޓިގެން ދިއުން ކަމަށެވެ. އަދި އެއީ ހެންބަދޫ ރައްޔިތުންގެ އާއްމު ސިއްހަތަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.#Live | #HenbadhooPresident @ibusolih inaugurates the sanitation services in Hen'badhoo Island pic.twitter.com/rehR7E443W— Presidency Maldives (@presidencymv) December 27, 2018
ހެނބަދޫގައި ގާއިމްކުރެވޭ ނަރުދަމާ ނިޒާމަކީ ޗަންޕާ ބްރަދާސްގެ ހިލޭ އެހީގެ ދަށުން 18.9 މިލިއަން ރުފިޔާއަށްވުރެ ބޮޑު ހަރަދެއް ކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ