މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އެންފޯސްމަންޓް ޕޮލިސީ އިސްލާހުކޮށް، މީރާއަށް ނުދައްކާ ހުންނަ ފައިސާ ހޯދުމުގެ ބައެއް އުސޫލުތައް ލުއިކޮށްފިއެވެ.
މީރާގެ އެންސްފޯމަންޓް ޕޮލިސީ އިސްލާހުކޮށް، ގެޒެޓްކޮށްވާ އިސްލާހުގައި، އެއްވެސް ފަރާތެއްގެ ބޭންކް އެކައުންޓްތަކުގައި ހުރި ފައިސާ ހިފަހައްޓާފައިވާ ހިފެހެއްޓުން ދޫކޮށްލެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.
ބޭންކް އެކައުންޓު ހިފަހައްޓާފައިވާ ހިފެހެއްޓުން ދޫކޮށްލާނެ ހާލަތްތައް:
1- އެ ފަރާތުން ނުދައްކާހުރި ފައިސާގެ އަދަދު މީރާއަށް ހަމައަށް ލިބުން ނުވަތަ އެ ފައިސާ ދައްކާނެ ގޮތަކާމެދު މީރާއާއެކު އެއްބަސްވުމަކަށް އައުން؛ ނުވަތަ،
2- އެ ފަރާތުން ދައްކަންޖެހޭ ފައިސާ ދައްކާ ހަލާސްކުރެވޭ މިންވަރަށް އެ ފަރާތުގެ ބޭންކް އެކައުންޓްގައި ފައިސާ ނެތް ނަމަވެސް، މީރާއިން އެ ފަރާތުގެ ބޭންކް އެކައުންޓް ހިފެހެއްޓުމަށް ބޭންކަށް އަންގާތާ 90 ދުވަސް ފާއިތުވުން ނުވަތަ އެ ފައިސާ ހޯދުމަށް މީރާއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުން؛ ނުވަތަ
3- އެ ފަރާތުގެ އެކައުންޓްގައިވާ ފައިސާ ހިފަހައްޓާފައިވާ ހިފެހެއްޓުން ދޫކޮށްލުމަށް ކޯޓަކުން އަމުރުކުރުން ނުވަތަ މަތީ ކޯޓެއްގައި އިސްތިއުނާފު ކުރުން.
އެ ހާލަތްތަކުގައި އެ ފަރާތުގެ ބޭންކް އެކައުންޓްގައިވާ ފައިސާ ހިފަހައްޓާފައިވާ ހިފެހެއްޓުން ދޫކޮށްލުމަށް ބޭންކްތަކަށް އަންގަންޖެހޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ.
މީރާ އަށް ނުދައްކާ ހުރި ފައިސާ ދެއްކުމުގެ އުސޫލަށް ލުއި ބަދަލުތަކެއް ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ