ގިނަ އަދަދެއްގެ ނަގުދު ފައިސާ ބޭރު ކުރަން އުޅުނު ތިން މީހަކު ހައްޔަރުކޮށްފި

ރާއްޖެއިން ބޭރަށް ގެންދަން އުޅުނު ގިނަ ގައުމުތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ފައިސާތަކެއް ކަސްޓަމްސް އިން އަތުލައިގަނެފިއެވެ.
މޯލްޑިވްސް ކަސްޓަމްސް އިން ބުނީ، ނޮވެމްބަރު 04 ވަނަ ދުވަހުގެ 06:30 ހާއިރު ސިންގަޕޫރަށް ފުރުމަށް ތިން މީހަކުގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށެވެ. އެތިން މީހުންނަކީ އިންޑިއާގެ ތިން ރައްޔިތުން ކަމަށް ކަސްޓަމްސް އިން ބުނެއެވެ. އެމީހުންގެ އަތުން ތަފާތު ގައުމުތަކަށް ނިސްބަތްވާ ގިނަ ފައިސާތަކެއް ފެނިފައިވާ އިރު އެއީ ކޮން ގައުމުތަކެއްގެ ފައިސާއެއް ކަމެއް ކަސްޓަމްސްއިން ހާމައެއް ނުކުރެއެވެ.  
މިކަން ހިނގާފައިވާ ގޮތަށް ބެލުމަށްފަހު ގަވާއިދު ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާ ބޭރުކުރުމުގެ ގަވާއިދުގެ ހަތަރު ވަނަ މާއްދާގެ (ހ) ގެ ދަށުން އެ ފައިސާތައް ހިފެހެއްޓުމަށް ފަހު، އެކަން އިތުރަށް ތަހްގީގު ކުރުމަށްޓަކައި އެ ގަވާއިދުގެ ފަސް ވަނަ މާއްދާގެ (ށ) ގެ ދަށުން، މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކާއި އެމީހުންގެ އަތުން ފެނުނު ފައިސާ، ފުލުހުންނާ ހަވާލު ކުރެވިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.  
މި މައްސަލަ ފުލުހުން ބަލަމުންދާއިރު އެއީ ކިހާ އަދަދެއްގެ ފައިސާ ކަމެއް އެ އިދާރާއިން ހާމައެއް ނުކުރެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ