ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލުކޮށް އަލުން އިންތިޚާބު ބާއްވައިދިނުން އެދި ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވުން މާދަމާ އޮންނާނެ ކަމަށް ބުނެ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޖޭއެސްސީގެ) ނަމުގައި ޓްވީޓު ކޮށްފައި ވަނީ ފޭކް އެކައުންޓަކުން ކަމަށް އެފަރާތުން ބުނެފި އެވެ.
ޖޭއެސްސީ ގެ އަސްލު ޓްވީޓަރ އެކައުންޓު ކަމަށް ވާ “@judiciarymv” އިން މިއަދު ކުރި ޓްވީޓެއްގައި “djajudiciary”ނަމަކަށް ކިޔާ ޓްވީޓަރ އެކައުންޓެއްގެ ސްކްރީން ޝޮޓެއް އެޓޭޗް ކޮށްފަ އެވެ. ރިޔާސީ އިންތިޚާބުގެ މައްސަލައިގެ ހުކުމް އިއްވުން މާދަމާ އޮންނާނެ ކަމަށް ބުނެ ޓްވީޓް ކޮށްފައި ވަނީ ޖޭއެސްސީގެ ޓްވީޓުގައި އެތޭޗް ކޮށްފައިވާ ޓްވީޓާ އެކައުންޓުންނެވެ.
ރިޔާސީ އިންތިޚާބު ބާތިލުކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވުން މާދަމާ އޮންނާނެ ކަމަށް ބުނެ ކޮށްފައިވާ އެ ޓްވީޓު ވަނީ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދައުރުވެސް ކޮށްފަ އެވެ. އަދި ރާއްޖޭގެ ބައެއް މީޑިއާ ތަކުން ވެސް ވަނީ އެ ގޮތަށް ރިޕޯޓުކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމް އިއްވުން މާދަމާ އޮންނާނެ ކަމަށް ބުނެ ޓްވީޓް ކުރީ ފޭކް އެކައުންޓަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ