މާލޭގެ ރައްޔިތުންނަށް ހައްލުހޯދައިދެވޭނީ އެމްޑީޕީ އަށް: ނަޝީދު

މާލޭގެ ރައްޔިތުންނަށް ހައްލު ހޯދާދެވޭނީ އެމްޑީޕީއަށް ކަމަށާއި އެހެން ސިޔާސީ ޕާޓީއަކަށް، މާލޭގެ ރައްޔިތުންނަށްވެސް އަދި ރާއްޖޭގެ ރައްޔިތުންނަށް ވެސް ދެމެހެއްޓެނެވި ހައްލެއް ހޯދާދެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ބެހޭ މައުލޫމާތު ދިނުމަށް އެމްޑީޕީގެ ކެމްޕެއިން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ބައިވެރިވި މީހުން މަދުކަމަށާއި، އެހެން އެގޮތަށް ދިމާވި މައިގަނޑު ސަބަބަކީ، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުންތަކަށް އެދެވޭ ހައްލެއް ގެނެސްދެވިފައިނުވާތީކަމަށެވެ. އަދި ރައީސް ނަޝީދު ވިދާޅުވީ ޕްރައިމަރީގެ ތެރޭގައި ވެސް ބައެއް ބޭފުޅުންގެ ހިތްހަމަ ނުޖެހުން ހުރިކަމަށެވެ. އެހެންނަމަވެސް ޕްރައިމަރީއާ ގުޅިގެން ހިތްހަމަ ނުޖެހުން ހުރި ފަރާތްތަކާއި ރައްޔިތުންގެ ހައްގުތަކާއި ގުޅޭ މަސައްކަތަކާއި ހާއްސަކޮށް ބޯހިޔާވަހިކަމާ ގުޅޭ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެމްޑިޕީން ބުނީ 108 ރަށަކުން އެޖަލްސާ ލައިވް ޓެލަކާސްކޮށްފައިވާ ކަމަށެވެ. އަދި 877 ކެންޑިޑޭޓުން އެ ކެމްޕެއިން ލޯންޗިން ހަރަކާތުގައި ބައިވެރިވެފައިވާ ކަމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ވާދަކުރައްވާ 442 ކެންޑިޑޭޓުން ވެސް އެ ހަރަކާތުގައި ބައިވެރިވެފައިވާ ކަމަށް އެމްޑީޕީން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ