ރިސޯޓް ނުހެދި ހުރި ރަށްރަށުގެ ކުލި އެޑްވާންސް ފައިސާއިން އުނިކުރަން ނިންމައިފި

ޓޫރިސްޓް ރިސޯޓާއި ހޮޓާފަދަ ތަންތަން ހެދުމަށް ދޫކޮށްފައިވާ ރަށްރަށާއި ބިންބިމުގެ ތެރެއިން ނެހެދި ހުރި ތަންތަނުން ސަރުކާރަށް ދައްކާ ކުލި އެޑްވާންސަށް ދައްކާފައިހުރި ފައިސާއިން އުނިކުރާގޮތަށް ނިންމާ އެކަން މީރާއިން އިއުލާން ކޮށްފި އެވެ.
އެ އޮތޯރިޓީން އާންމު ކުރި އިއުލާނެއްގައި ބުނަނީ މިދިޔަ ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ގޮތުގެ މަތިން އެކި ސަބަބުތައް ދިމާވެގެން ނަހަދާ ހުރި ޓޫރިސްޓު ރިސޯޓް އަދި ހޮޓާ ފަދަ ތަންތަނުގެ ބިމު ކުލި އެޑްވާންސައް ދެއްކި ފައިސާއިން އުނިކުރާނީ 2004ގެ ފަހުން ދޫކޮށްފައިވާ ތަންތަނުން އެކަނި ކަމަށެވެ. އަދި ބުނީ އެ ޝަރުތު ފުރިހަމަވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެކި ސަބަބުތަކާ ހުރެ ރިސޯޓް ހޮޓާ ތަރައްގީ ކުރަން ދޫކުރި އެތައް ރަށެއް ނުހެދި އެބަހުއްޓެވެ. އާ ޓޫރިޒަމް މިނިސްޓާ އަހުމަދު އަދީބު ވެސް ވިދާޅުވެފައި ވަނީ ސަރުކާރުގެ ސިޔާސަތަކީ އެފަދަ ފަރާތްތަކަށް އަދަބު ދިނުން ނޫން ކަމަށާއި އެތަންތަން ހެދޭނެ ގޮތްތަކެއް ހަމަޖައްސައިދިނުން ކަމަށެވެ.
މީރާއިން ބުނީ އެފަދަ ތަންތަނަށް ލުއި ތަކެއް ހަމަޖައްސައިދިން ކަމުގައިވީ ނަމަވެސް ޓެކްސްއަށް ދައްކާ ފައިސާގެ އަދަދަށް ލުއި ތަކެއް ދިނުމުގެ އުސޫލެއް ނުގެން ގުޅޭ ކަމަށާއި ޓެކްސްއަކީ ވަކި ހާއްސަ ގާނޫނެއްގެ ދަށުން ނަގާ އެއްޗެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ