ބޮޑު ޖަލްސާ ބާއްވަނީ ސިޔާސީ ބޭނުމަކު ނޫން، ރައްޔިތުންގެ ޝުއޫރު ފާޅުކުރަން: ޕީއެންއެފް

އަންނަ ބުރާސްފަތި ދުވަހުގެ ރޭ 'ވޭކްއަޕް'ގެ ނަމުގައި ބާއްވާ ޖަލްސާއަކީ ސިޔާސީ ބޭނުމެއްގައި ބާއްވާ ހަރަކާތެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ޝުއޫރު ފާޅުކުރުމަށް ބާއްވާ ޖަލްސާއެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕާޓީ، ޕީއެންއެފުން މިއަދު ބުނެފިއެވެ. އެ ޖަލްސާ އެ ޕާޓީން އިއުލާނުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައެވެ. އާންމުކޮށް އެ ޕާޓީގެ ސިލްސިލާ ޖަލްސާތައް ބާއްވަނީ ޔާމީންގެ ގެކޮޅު، ހ. ދޫވެހީގައެވެ. އެ ޖަލްސާތަކުގައި ސަރުކާރަށާއި އިދިކޮޅަށް ޕާޓީތަކަށް ޔާމީން ފާޑުވިދާޅުވާތީ އެ ކަމަށް ފާޑު ކިޔައި، ވާދަވެރިން އަންނަނީ އެއީ "ސިޓިން ރޫމް" ޖަލްސާތަކެއްގެ ގޮތުގައި ސިފަކުރަމުންނެވެ. އެހެންވެ، މިއީ އެ ޕާޓީން ބޮޑު ޖަލްސާއެއް ބާއްވާ ފުރަތަމަ ފަހަރެވެ. ޕީއެންއެފްގައި އިސްކޮށް އުޅުއްވާ ކުރީގެ ސައިންސް މިނިސްޓަރު މަލީހް ޖަމާލް ވާހަކަދައްކަވަނީ: އޭނާ ވަނީ ޕީއެންއެފްގެ ބޮޑު ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވާން ގޮވާލާފައި --- ސަން ފޮޓޯ/ މާނިއު މުހައްމަދު އެ ޖަލްސާއާ ގުޅޭ މައުލޫމާތު ހިއްސާކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީއެންއެފުގައި އިސްކޮށް އުޅުއްވާ އަދި ސައިންސް މިނިސްޓަރު ކަމާއި ޔޫތު މިނިސްޓަރުކަން ކުރައްވައިފައިވާ މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ، އެ ހަރަކާތް ބާއްވަނީ ގައުމަށް ދިމާވެފައިވާ މައްސަލަތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ޝުއޫރު ފާޅުކޮށްދިނުމަށް ކަމަށެވެ. މި ހަރަކާތުގައި ހުރިހާ ދިވެހީންނަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް މަލީހު ވިދާޅުވިއެވެ. މީކީ ސިޔާސީ ހުރިހާ ޕާޓީތަކެއް އެއްވެގެން ސަރުކާރެއް ވައްޓާލަން އެކަހަލަ މަގުސަދެއްގައި ބާއްވާ އެއްޗެއް ނޫން. އެހެންނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުމަށް [ބާއްވާ ޖަލްސާއެއް]ކުރީގެ ސައިންސް މިނިސްޓަރު މަލީހް ޖަމާލް މަލީހު ވިދާޅުވީ، މި ސަރުކާރު ޖަވާބުދާރީ ކުރުވޭނީ ރައްޔިތުންގެ ޝުއޫރު ދައްކައިގެން ކަމަށާއި މިއީ އެކަން ދެއްކުމަށް ލިބޭ ފުރުސަތު ކަމަށެވެ. އޭގެއިތުރަށް، ޖަލްސާއަށް ތައްޔާރުވުމަށް މިއަދު މަސައްކަތްތައް ފަށާނެ ކަމަށާއި އަތޮޅުތެރެއިން ވެސް ޖަލްސާގައި ބައިވެެރިވުމަށް ގިނަ ބަޔަކު އައުމަށް ޕީއެންއެފުން ގޮވާލިއެވެ. އަދި، ޚާއްސަކޮށް ޒުވާނުންނާއި ސަރުކާރާ މެދު ކަންބޮޑުވުންތައް ހުރި ޖަލްސާގައި މީހުން ބައިވެރިވުމަކީ ޕީއެންއެފްގެ އެދުމެކެވެ. https://sun.mv/209952 މި ޖަލްސާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 08:30ގައި އާޓިފިޝަލް ބީޗުގައެވެ. މި ޖަލްސާގައި ޔާމީން ބައިވެރިވެވަޑައިގަންވައި، ވާހަކަދައްކަވަން ހަމަޖެހިފައިވާ ކަމަށް ޕީއެންއެފުން ބުނެއެވެ. ވެރިކަމަށް ޕީއެންސީ އައިތާ ހަފުތާއެއް ނުވެ، ޔާމީން ވަނީ އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާދެއްވައި، އާ ޕާޓީއެއް އުފައްދަވައިފައެވެ. އެގޮތުން، ޔާމީން އިސްވެ ޕީއެންއެފް އުފައްދަވައި، އެ ޕާޓީ ރަޖިސްޓްރީކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 25ވަނަ ދުވަހެވެ. ޔާމީނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ އެކި ކަންކަމުގައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ