މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. ކަމަދޫ އިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންނަކީ ބ. ކަމަދޫ / ސުވާސާގެ، ޢަލީ ރިޔާޟު ޙަސަން (53އ) އާއި ބ. ކަމަދޫ / ފެންފިޔާޒުގެ، އާމިނަތު ފަރީޝާ (42އ) އެވެ.
ފުލުހުން ބުނީ، މި ޖުލައި މަހުގެ 2 ވަނަ ދުވަހު ކަމަދޫ ޕޮލިސް ޕޯސްޓުން ހިންގި އޮޕަރޭޝަނުގައި، މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަދޫ ގެއެއް ބަލައިފާސްރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.
އަދި މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަލީ ރިޔާޟު ޙަސަން (53އ) ފަސް ދުވަހަށް އަދި އާމިނަތު ފަރީޝާ (42އ) 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަދޫ އިން ދެމީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ