މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖަންސްގެ ވެރިޔާގެ މަޤާމަށް އިސްމާއީލް ސާޖިދު މިއަދު އައްޔަނުކުރައްވައިފިއެވެ.
އިސްމާއީލް ސާޖިދަކީ ކުރިން ޓެކްސް އެޕީލް ޓްރިބިއުނަލްގެ މެމްބަރަކަށް ހުންނެވި ބޭފުޅެކެވެ. އޭނާ އެމަގާމުން ވަކިވެ ވަޑައިގެންނެވީ މިދިޔަ ޖުލައިމަހުގެ ތެރޭގައެވެ. އެމްއެމްއޭއިން ވަނީ ޓެކްސް ފައިނޭންޝަލް އިންޓެލިޖަންސް ޔުނިޓް (އެފްއައިޔޫ) ގެ ހެޑްގެ މަގާމަށް ސާޖިދު އައްޔަނުކުރިކަން މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.
އެމްއެމްއޭއިން ބުނެފައިވަނީ، މިއީ އެމްއެމެްއޭގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ގެންނަމުންދާ ސްޓްރަކްޗަރަލް ބަދަލުތަކުގެ ތެރެއި ގެނައި ބަދަލެއް ކަމަށެވެ. މި ބަދަލާއެކު ކުރިން ފައިނޭންޝަލް އިންޓަލިޖަންސް ހެޑްގެ ގޮތުގައި ހުންނެވި އަޝްރަފު، ވަނީ ހެޑް އޮފް ރިސްކް އެންޑް ކޮމްޕަޔަލަންސްގެ މަގާމަށް ބަދަލުކޮށްފައެވެ.
އެފްއައިޔޫގެ ހެޑްގެ މަގާމަށް އައު ބޭފުޅަކު އައްޔަނުކޮށްފައިމިވަނީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަޝްރަފް މަގާމުން ދުރުކުރެއްވުމަށްފަހުއެވެ. އަޝްރަފަކީ އެމްއެމްއޭގައި މަސައްކަތްކުރާތާ ވަރަށް ދުވަސްވީ ބޭފުޅެކެވެ.
އެމްއެމްއޭގެ ފައިނޭންސް އިންޓަލިޖަންސް ވެރިޔާ ބަދަލުކޮށްފައިމިވަނީ، ބާރަށު ދާއިރާގެ މެމްބަރު އިސްމާއީލް ސުޖާއަށް ނިސްބަތްވާ ކުންފުންޏަކަށް އުސޫލާ ހިލާފަށް މާލީ ފައިދާ ލިބޭގޮތަށް ހިންގި މުއާމަލާތްތަކެއް ހިމެނޭކަމަށް ބުނާ ރިޕޯޓެއް އާއްމުވެފައިވަނިކޮށެވެ. މި ރިޕޯޓް ސުޖާއު ދޮގުކުރެއްވިއިރު، ފުލުހުން ގެންދަނީ ލީކްވިކަމަށް ބުނާ އެ ރިޕޯޓްގެ މައްސަލަ ތަހްގީގްކުރަމުންނެވެ.
މަރުކަޒީ ބޭންކުގެ ފައިނޭންޝަލް ހެޑަކަށް އިސްމާއީލް ސާޖިދު އައްޔަނުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ