ރަސްފަރީ ފަރުގައި މުރަކަ އިންދުމުގެ ދިރާސާތަކެއް ކުރަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައި އޮއްވައި، ހަމަ އެ ފަރުގައި މުރަކަ އިންދުމުގެ މަސައްކަތަށް އެހީތެރިވެދިނުމުގެ އެއްބަސްވުމެއްގައި އިންޑިއާގެ ވިޔަފާރިވެރިންގެ މަސްލަހަތު އޮންނަ ކުންފުންޏަކާއެކު ސަރުކާރުން އެއްބަސްވެއްޖެ އެވެ.
ރަސްފަރީ ފަރުގައި މުރަކަ އިންދުމުގެ މަސައްކަތަށް އެހީތެރިވެދިނުމުގެ އެއްބަސްވުމުގައި އެންވަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ އިން ސޮއި ކުރީ އޮބްލޫ ސެލެކްޓް ބައި އެޓްމޮސްފިއާ އެޓް ސަންގެލި އާއެކު އެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އިންޑިއާގެ ވިޔަފާރިވެރިޔާ ސަލީލް ޕަނިގްރާހީ އެވެ. ކުންފުނީގެ ބޯޑުގައި ވެސް އިންޑިއާގެ ވިޔަފާރިވެރިން ގިނަ އެވެ.
އެ އެއްބަސްވުމުގެ ދަށުން ރަސްފަރީ ފަރުގައި އޮބްލޫއިން ސީދާ ކުރާނީ ކޮން މަސައްކަތެއް ކަމެއް އީޕީއޭ އިން ނުބުނެ އެވެ.
ރަސްފަރީ ފަރުގައި މުރަކަ އިންދުމުގެ މަސައްކަތަށް ބޭނުންވާ ދިރާސާތަކެއް ކުރަން ކަމަށް ބުނެ ޗައިނާގެ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝެނޮލޮޖީއާއެ އެއްބަސްވުމެއްގައި ސޮއި ކުރީ ފެބްރުއަރީ، 2025، ގަ އެވެ. އެ އެއްބަސްވުމުގެ ދަށުން ކަނޑު މޮނީޓާ ކުރާނެ ޑިވައިސްތަކެއް ހަރު ކުރާނެ އެވެ. އޭގެ ސަބަބުން ކަނޑުގެ ޖާސޫސް ކުރުމުގެ ފުރުސަތުތަކެއް ޗައިނާއަށް ވަނީ ފަހިވެފަ އެވެ.
ރަސްފަރީ ފަރާ ގުޅޭ ގޮތުން، ރައީސް މުހައްމަދު މުއިއްޒު މެއި 3، ގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ނޫހުން ސުވާލު ކުރުމުން، އެމަނިކުފާނު ވިދާޅުވީ ޗައިނާއާއެކު ހެދި އެއްބަސްވުމުގެ ދަށުން ޖާސޫސް ކުރުމުގެ ފުރުސަތު އެ ގައުމަށް ފަހިވެފައިނުވާ ކަމަށެވެ.
އެކަމަކު، ޗައިނާއިން ހަރު ކުރާ ޑިވައިސްތަކުން ސަބްމެރިން އަދި މަނަވަރު ހިމެނޭ ގޮތަށް ކަނޑުގައި އުޅަނދެއް ދުއްވިޔަސް އެނގޭނެ ކަމަށް މި ނޫހާ ވާހަކަ ދެއްކި ތަޖުރިބާކާރުން ބުންޏެވެ. އަދި ވަކި އުސްމިނަކުން މަތިންދާބޯޓު ދަތުރުކުރާ ނަމަ އެކަން ވެސް ދެނެގަނެވޭނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ޗައިނާއާއެކު އެއްބަސްވުން ހެދިފަހުން، ރާއްޖެއާ ރަހުމަތްތެރި ވަރަށް ގިނަ ގައުމުތަކުން ވަނީ އެކަމާމެދު ނުރުހުން ފާޅުކޮށްފައި ކަން މި ނޫހަށް އެނގެ އެވެ. ޗައިނާއާއެކު ހެދި އެއްބަސްވުމަށް އޭގެ ފަހުން އަމަލު ކުރަމުންދާކަމެއް ނޭނގެ އެވެ.
ޗައިނާއިން ދިރާސާތަކެއް ކުރާ ރަސްފަރީ ފަރުގައި މުރަކަ އިންދަން އެހީވުމަށް އިންޑިއާ ވިޔަފާރިވެރިންގެ މަސްލަހަތު އޮތް ކުންފުންޏަކަށް ޗައިނާއިން ދިރާސާތަކެއް ކުރާ ރަސްފަރީ ފަރުގައި މުރަކަ އިންދަން އެހީވުމަށް އިންޑިއާ ވިޔަފާރިވެރިންގެ މަސްލަހަތު އޮތް ކުންފުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ