އެމެރިކާ ކުޅުންތެރިން ތިބި ގުއާމުން ރާއްޖޭގެ އަންހެން ޓީމު ބަލިކޮށްފި
އޭއެފްސީ ވިމެންސް އޭޝިއަން ކަޕްގެ ކޮލިފައިންގައި ވާދަކުރަމުން އަންނަ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ކުޅުނު ދެވަނަ މެޗުގައި ގުއާމް އަތުން ވެސް ބަލިވެއްޖެއެވެ. ދުނިޔޭގެ ރޭންކިންގެ 97 ވަނައިގައި އޮތް ގުއާމް އަތުން ރާއްޖެ ބަލިވެފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މިއީ ބައިނަލްއަގުވާމީ އަންހެން ފުޓްބޯޅައިގައި ގުއާމާއި ރާއްޖޭގެ ފުރަތަމަ ކުރިމަތިލުމެވެ. ދުނިޔޭގެ އަންހެން ފުޓުބޯޅައިގެ ގަދަބާރެއް ކަމަށްވާ އެމެރިކާއަށް ނިސްބަތްވާ ގިނަ ކުޅުންތެރިން ގުއާމް ޓީމުގައި އެބަތިއްބެވެ. މި މެޗުގައި ވެސް އެ ކުޅުންތެރިންގެ ތަފާތު ފެނުނެވެ. ދުނިޔޭގެ އަންހެން ފުޓުބޯޅައިގައި ރާއްޖެ މި ވަގުތު އޮތީ 163 ވަނައިގައެވެ. ރާއްޖޭގައި އަންހެން ފުޓުބޯޅައިގެ ހާލަތު އޮތީ ވަރަށް ގޯސްކޮށެވެ. ގުއާމް އާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: އޭއެފްސީ އެންމެ ފަހުން އޮތް ފީފާ ވޯލްޑް ކަޕްގައި ކުޅެފައިވާ ވިއެޓްނާމްގައި ކުރިއަށްދާ މުބާރާތުގައި ރާއްޖެ ފުރަތަމަ ވެސް ކުޅުނީ އެ ގައުމާ އެކުގައެވެ. ވިއެޓްނާމް އަތުން ރާއްޖެ ބަލިވީ 7-0 ގެ ނަތީޖާއަކުންނެވެ. ނަމަވެސް މިއީ ވިއެޓްނާމުގެ ފެންވަރަށް ބަލާއިރު ރާއްޖެއަށް ބޮޑު ނަތީޖާއެކެވެ. ކޮލިފައިން ފަހު މެޗުގައި ރާއްޖޭން އަންނަ ހޮނިހިރު ދުވަހު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ދެކޮޅަށް ކުޅޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ