އެމްޑީޕީ ހިމެނޭހެން ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނާ މޯދީ ބައްދަލުކުރައްވައިފި

ފުރަމާނަ ދަތުރުފުޅެއްގައި އިއްޔެ ރާއްޖެ ވަޑައިގެން ހުންނެވި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ، އިދިކޮޅު އެމްޑީޕީ ހިމެނޭހެން ބައެއް ސިޔާސީ ފަރާތްތަކާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - އެއިން ކޮންމެ ބަދައްލުވުމަށް ފަހު، މޯދީ ވަނީ އެކްސްގައި ޕޯސްޓް ކުރައްވައިފަ އެވެ.
ތަފްސީލު - އިދިކޮޅު މައި ޕާޓީ، އެމްޑީޕީއާ އެކު ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފައިވެ އެވެ. އެ ބައްދަލުވުން އޮތީ ވަކި ބައްދަލުވުމެއްގެ ގޮތުގަ އެވެ.
އޭގެ އިތުރުން ބައެއް ކުދި ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނާ ވެސް މޯދީ ބައްދަލު ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
ޖުމްހޫރީ ޕާޓީގެ ލިޑަރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް (ކާނަލް ނާޒިމް)
އެމްޑީއޭގެ ރައީސް، އަހްމަދު ސިޔާމް މުހައްމަދު
އެ ދެ ބައްދަލުވުމުގެ ދެ ފޮޓޯއަކާ އެކު މޯދީ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވި ގޮތުގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކާ އެކު ބޭއްވި މި ބައްދަލުކުރެވުންތަކުގައި މުހިންމު މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ.
މީގެ އިތުރުން މޯދީ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ވެސް ވަކި ވަކިން މިއަދު ބައްދަލު ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ