މާފަރުގައި މިދިލި ގަސްތަކުން ދޮންމަދު ބިންނާތީ ކައުންސިލުން އެކަން މަނާކޮށްފި
ނ. މާފަރުގައި މިދިލި ގަސްތަކުން ދޮންމަދު ބިނުން އިތުރުވެފައި ވާތީ، އެއީ މަނާކަމެއް ކަމަށް އެރަށު ކައުންސިލުން ރައްޔިތުންނަށް މިއަދު ހަނދާންކޮށްދީފިއެވެ. އެ ރަށު ކައުންސިލުން ސޯޝަލް މީޑިއާގައި އާންމުކުރި މެސެޖެއްގައި ވަނީ، މިހާރަކަށް އައިސް ރަށުގެ ގިނަ ބަޔަކު ވަލު ސަރަހައްދުތަކުގައި ހުންނަ މިދިލި ގަސްތަކުން ދޮންމަދު ބިންނަކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާ ކަމަށެވެ. އެހެންކަމުން މިއީ މަނާކަމެއްކަން ކައުންސިލުން ވަނީ ހަނދާން ކޮށްދީފައެވެ. މިދިލި ގަސްތަކުގައި އަޅާ މަދު ހޮވައި ވިއްކުމަކީ އެ ރަށުގެ ގިނަ ބަޔަކު އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކަށްވާތީ، ހުރިހާ ފަރާތްތަކުން މަދު ހޮވުމަށް ޚާއްސަ ކުރެވިފައިވާ ގަޑިތަކުގައި މަދު ހޮވުމަށް އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. މިދިލި ގަސް ގިނަ އެހެން ރަށްރަށުގައި ވެސް މިދިލި އޮށް ނުވަތަ މިދިލި ގަސްތަކުގައި އަޅާ މަދު ހޮވުމަށް ޚާއްސަ އުސޫލެއް އެކުލަވައިލައިފައި ވެއެވެ. އެގޮތުން، ކަނޑައަޅާފައި އޮންނަ އުސޫލުތަކާ ޚިލާފަށް މިދިލި އޮށް ހޮވާ މީހުންނާ މެދު ފިޔަވަޅު އަޅަން މީގެކުރިން ރ. އިގުރައިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ނިންމިއެވެ. މާފަރަކީ ގާތްގަނޑަކަށް 12،50އެއްހައި މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެ ރަށުގައި މައިގަނޑު ގޮތެއްގައި އާމްދަނީ ހޯދަނީ މަހަށް ގޮސްގެންނާއި ކޮންސްޓްރަން މަސައްކަތުގެ އިތުރުން، އެއާޕޯޓުގައި ވަޒީފާ އަދާކުރާނަމަ އެ މަސައްކަތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ