ފިއްލަދޫގެ ގިނަ ސަރަހައްދުތަކެއްގައި ކަރަންޓު ނެތުމުން އެރަށުގެ ޒުވާނުނުން ނިކުމެ އެސަރަހައްދުތަކުގައި ފުޅިބައްތި ހަރުކޮށްފިއެވެ.
”ބޮންތި“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޒުވާނުން ނިކުމެ ފިއްލަދޫގެ އެކި ސަރަހައްދުގައި ފުޅި ބައްތި ހަރުކޮށްފައިމިވަނީ އެސަރަހައްދުތަކަށް ކަރަނޓު ނުލިބޭތާ ހަފްތާއަކަށްވުރެ ގިނަ ދުވަސް ވުމާއި ގުޅިގެންނެވެ.
މައުލޫމާތު ލިބޭގޮތުގައި ކަރަންޓު ކެނޑިފައިވަނީ އެރަށުގެ ބަނދަރު ސަރަހައްދާއި އާންމުން އެއްވެ އުޅޭ ހުރިހާ ސަރަހައްދަކުންނެވެ. އެރަށުގެ ބަނދަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާއިމްކޮށްދެއްވާފއިވާ ބަނދަރެކެވެ.
ފިއްލަދޫގެ ޕަބްލިކް ސްޓްރީޓް ލައިޓްތަކުން ކަރަންޓު ކެނޑިފައި ވަނީ އެސަރަހައްދުތަކަށް ކަރަންޓު ފޯރުވަން އަޅާފައިވާ ކޭބަލްތަށް ހަލާކުވުމާއި ގުޅިގެންނެވެ.
މީގެ ކުރިން އެރަށުގެ ފުޓްސަލް ދަނޑު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވުމުންވެސް އެކަމަށް ހައްލެއް ހޯދައިނުދިނުމުން އެރަށުގެ ޒުވާނުން ނިކުމެ ވަނީ ދަނޑުގައި ދޮންކެޔޮ ގަސްތަކެއް އިންދާފައެވެ.
ފިއްލަދޫގެ ބައެއް ސަރަހައްދު ތަކުގައި ކަރަންޓު ނެތުމުން ޒުވާނުނުން ނިކުމެ ފުޅިބައްތި ހަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ