ކިޔަވައި ނިންމައި އަންނަމަހު ރާއްޖެ އަންނަން އޮއްވައި، ފޮރިން މިނިސްޓްރީގެ ޒުވާން މުވައްޒަފަކު ޖަޕާނުގައި މަރުވެއްޖެ

ޖަޕާނުގައި ތައުލީމް ހާސިލްކޮށް ނިންމައި، ރާއްޖެ އަންނަން މަދު ދުވަސްކޮޅެއް ވެފައިވަނިކޮށް ފޮރިން މިނިސްޓްރީގެ ޒުވާން މުވައްޒަފަކު އެ ގައުމުގައި މަރުވެއްޖެއެވެ. މަރުވީ، ބ. ތުޅާދޫއަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ލުޖައިނާ ތަސްނީމާއެވެ. އެނގިފައިވާ ގޮތުގައި އޭނާ މަރުވީ، ކިޔަވައި ނިންމައި، ރާއްޖެއަށް އަންނަން އޮއްވައެެވެ. އެގޮތުން ގްރެޖުއޭޝަނަށްފަހު ރާއްޖެއަށް އަންނަން ޓިކެޓު ވެސް އޮތީ ނަގައިފައެވެ. އޭނާގެ މަރާ ގުޅިގެން ފޮރިން މިނިސްޓްރީން އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ. އެހެންވެ މަރާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ. ލުޖައިނާގެ މަރާ ގުޅިގެން އާއިލާއަށް ތައުޒިޔާ ވިދާޅުވެ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ އޭނާއަކީ ވަރަށް ހުނަރުވެރި ފޮރިން ސާވިސް އޮފިސަރެއް ކަމަށެވެ. މިދިޔަ ދައުރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވިއިރު، ޚާރިޖީ ޓީމުގެ މުހިންމު މެންބަރެއްގެ ގޮތުގައި އޭނާ ކުރި މަސައްކަތާއި، ހޯދަމުން އައި ކުރިއެރުމުގެ ދުށުމުގެ ފުރުސަތު ލިބުނު ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. އަދި އޭނާ ކުރި ކޮންމެ މަސައްކަތަކުން ފެނުނީ ކަމަށް އޮތް ޝައުގު ކަަމަށް ވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ