ބަންދުގައި އެންމެ ގިނަވެގެން ބެހެއްޓޭނީ 48 ގަޑިއިރަށް، ވާނުވާ ނިޒާމް އުވާލަންޖެހޭ: މުއިއްޒު ސަސްޓެއިނަބަލް “ހެލްތު ސްކީމެއް” ޤާއިމް ކޮށްދެއްވޭނީ ގާސިމް އިބްރާހިމްއަށް: ނިޝާމާ ރައީސް ޔާމީން ޖަލަށްލީ ޖަންގަލީގެ ސަރުކާރެއްގައި، ޖަންގަލީގެ އުސޫލުން “އިންޑިއާ

ސަރުކާރު ވަޒީފާތަކުގައި ތިބި ކުދިން ސަލާން ކުރަން ސަފަށް އަރަންވެސް ބިރު ގަންނަ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެެ.
ކ. ތުލުސްދޫގައި ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މިސަރުކާރުގެ އިސްވެރިން ވިދާޅުވަމުން ގެންދަވަނީ ޕީޕީއެމް/ޕީއެންސީ އަށް ވެރިކަން ލިބިއްޖެ ނަމަ ވަޒީފާ އިން ވަކިކުރާނެކަމުގެ ވާހަކަ ކަމަށެވެ، އިދިކޮޅު ކެންޑިޑޭޓް ރަށް ރަށަށް އެރުމުން ސަރުކާރު ވަޒީފާތަކުގައި ތިބި ކުދިން ސަފުތަކަށް އަރަންވެސް ބިރުގަންނަ ކަން ފާހަގަކުރަމުން މުއިއްޒު ވިދާޅުވީ މި ބިރުވެރިކަމުގައި ތާއަބަދު ތިބޭނީތޯ ނިންމާނީ ރައްޔިތުން ކަމަށެވެ.
އިތުރަށް މުއިއްޒު ވިދާޅުވީ ތަރައްގީގެ މަޝްރޫތަކަށް ވުރެ، ގައުމުގެ މިނިވަންކަމަށްޓަކައި ވޯޓު ދިނުން މުހިންމު ކަމަށެވެ. އަދި ދިވެހިންނާ ގައުމުގެ މިނިވަންކަމަކީ ކުޅޭކުޅޭ އެއްޗަކަށް ހަދައިގެން ނުވާނެ ކަމަށާ އެއީ އެ އަށް ވުރެ މާ މުހިންމު އެއްޗެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ މި އިންތިހާބުގައި ދެ ވަނަ ބުރަކަށް ނުގޮސް އޭނާ އަށް ކާމިޔާބު ކުރެއްވޭނެ ކަމާ މެދު އެއްވެސް ޝައްކެއް ނުކުރައްވާކަމަށެވެ. މިއަދު މި ގައުމު އޮތް ހާލަތުން ސަލާމަތް ކުރުމަށްޓަކައި ހުރިހާ ރައްޔިތުން ތެދުވެ ސެޕްޓެމްބަރު 9 ގައި ބައްވާ އިންތިހާބުގައި ވޯޓު ދިނުމަށް މުއިއްޒު ވަނި އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ