ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ މެއިންޓެނެންސް ފަދަ ރޭވިގެން ކުރާ މަސައްކަތްތައް ކުރިއަށް ގެންދާއިރު ހިދުމަތް މެދުކެނޑޭނަމަ ކުރިޔާލާ ސޯޝަލް މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް އަންގަމުން ގެންދާ ކަމަށެވެ.
ރިޔާސީ އިންތިހާބާ ގުޅިގެން އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަމުންދާ ކަމަށް ބައެއް މީޑިއާތަކުން ފަތުރަމުންދާ ވާހަކަތައް ސްޓެލްކޯއިން ދޮގުކޮށްފި އެވެ.
ސްޓެލްކޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުންޏާ ގުޅޭ ގޮތުން ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް އަދި ކުންފުނީގެ ތަސައްވުރު ކިލަނބުވާގޮތަށް ކަނޑައެޅިގެން ހަގީގަތާއި ހިލާފު ވާހަކަތަކެއް ބައެއް މީޑިއާތަކުން ފަތުރަމުންދާ ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބާއި ގުޅުވައި އެކުންފުނިން ހިޔާ ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން އުޅޭ ކަމަށް ބުނެ ދޮގު ހަބަރު ފަތުރަމުންދާ ކަމަށް ބުނެފައިވެ އެވެ."މި ދެންނެވި ހަބަރުތަކަކީ، އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ބިނާކޮށް ފަތުރަމުންދާ ހަބަރުތަކެއް ނޫން ކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަރުވަމެވެ. ބިނާކުރަނިވި ފާޑު ކިޔުމަށް މި ކުންފުނިން އަބަދުވެސް މަރުހަބާ ކިޔަމެވެ. އެހެން ނަމަވެސް، ފަހުރުވެރި ދިގު ތާރީހެއް އޮތް މި ކުންފުންޏާއި، ކުންފުނީގެ މުވައްޒަފުން ބަދުނާމުކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކާއި ގުޅުވައި ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރައި ނުތަނަވަސްކަން އުފެއްދުމަކީ މިކުންފުނިން ބަލައިގަންނާނެ ކަމެއްނޫން ކަމުގައި ދަންނަވަމެވެ." ސްޓެލްކޯއިން ބުނެފައިވެ އެވެ.
ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ މެއިންޓެނެންސް ފަދަ ރޭވިގެން ކުރާ މަސައްކަތްތައް ކުރިއަށް ގެންދާއިރު ހިދުމަތް މެދުކެނޑޭނަމަ ކުރިޔާލާ ސޯޝަލް މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް އަންގަމުން ގެންދާ ކަމަށެވެ. އެ ގޮތާ ހިލާފަށް މިހާތަނަށް ކުންފުނީގެ މެނޭޖްމަންޓުން އަމަލުކޮށް، އެއްވެސް ސަހަރައްދަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައި ނުވާނެ ކަމުގެ ޔަގީންކަން ވެސް ވަނީ އަރުވައިފަ އެވެ.ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓްލީ ދުވަހު ވެސް ގިނަ ބަޔަކު ދިރިއުޅޭ ހިޔާ ފްލެޓްތަކުން ކަރަންޓް ކަނޑާލަން އުޅޭ ކަމުގެ ހަބަރުތައް ފެތުރި އެވެ. އެކަމަކު ސްޓެލްކޯ އިން ވަނީ އެކަން ދޮގުކޮށްފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އިންތިހާބާ ގުޅިގެން ކަރަންޓު ކަނޑާ ވާހަކަ ސްޓެލްކޯއިން ދޮގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ