ކުޑަކުދިންނާއި ޒުވާނުން ދިވެހި ބަހަށް ޝަޢުގުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިލްތިމާސް ކުރައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ ރާއްޖޭގައި މިއަދު ފާހަގަކުރާ ދިވެހި ލިޔުންތެރިންގެ ދުވަހާއި ގުޅިގެން ކުރައްވާފައިވާ ޓުވީޓެއްގައެވެ.
އެ ޓްވީޓުގައި ރައީސް ސާލިހު ވަނީ ދިވެހިންގެ އަދަބީ ތަރިކަ ރައްކާތެރިކޮށް ދިވެހި ބަސް ދިރުވާ އާލާކުރުމަށްޓަކާ ދިވެހި ބަހުގެ ލިޔުންތައް އިތުރުކުރުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ.
މީގެ އިތުރުން ދިވެހި ލިޔުންތެރިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ ލިޔުންތެރިންނަށް ވަނީ ފޮނުއްވާފައެވެ.
ރާއްޖޭގައި މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ލިޔުންތެރިންގެ ޚިދުމަތް ޤައުމީ ފެންވަރެއްގައި ފާހަގަކޮށް، މި ފަންނު ދިރުވާ އާލާކުރުމަށް ބާރުއަޅާ ހިތްވަރު ދިނުމެވެ.
ރާއްޖޭގެ ލިޔުންތެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 8 ވަނަ ދުވަހުގައެވެ. އެއީ ރާއްޖޭގައި ޗާޕުކޮށްގެން އެންމެ ފުރަތަމަ މަޖައްލާއެއް ނެރުނު ދުވަހެވެ.
“އަލްއިޞްލާޙް” ގެ ނަމުގައި އެ މަޖައްލާގެ ފުރަތަމަ ޢަދަދު ނެރުނީ 1933 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. އެއީ 22 ޑިސެމްބަރު 1932 ގައި ތަންފީޒުކުރަން ފެށުނު ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ އިން ލިބުނު މިނިވަންކަމުގެ ތެރެއިން ނެރެންފެށި މަޖައްލާއެކެވެ.
ރާއްޖޭގައި ލިޔުންތެރިންގެ ދުވަސް އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ 1993 ވަނަ އަހަރު ޖުލައިމަހުގެ 8 ވަނަ ދުވަހުއެވެ.
މިއަހަރުގެ ދިވެހި ލިޔުންތެރިންގެ ދުވަހުގެ ޝިޢާރެއްގެގޮތުގައި ދިވެހިބަހުގެ އެކެޑަމީން ކަނޑައަޅާފައިވަނީ “މުޖުތަމަޢުގެ މަސްލަހަތު – ލިޔުންތެރީންގެ މަސްއޫލިއްޔަތު” އެވެ.
ރައީސް ސާލިހުގެ ޚާއްސަ އެޑްވައިޒަރ ޝިހާބު އިސްތިޢުފާ ދެއްވައިފި ގުޅިފަޅުގައި ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރެއް ތަރައްޤީ ކުރުމުގެ ޕްލޭން ވަނީ ނިމިފަ: ރައީސް ސާލިހު ސަސްޓެއިނަބަލް “ހެލްތު ސްކީމެއް” ޤާއިމް ކޮށްދެއްވޭނީ ގާސިމް އިބްރާހިމްއަށް: ނިޝާމާ ނުރަސްމ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ