ނާލާފުށީގެ އައު އިންޖީނުގެ ރައީސް ޞާލިޙް ހުޅުވައި ދެއްވައިފި

މ. ނާލާފުށީގެ އައު އިންޖީނުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުވައި ދެއްވައިފި އެވެ. ނާލާފުށީގެ ރައްޔިތުންނަށް އައު އިންޖީނުގެއެއް މި ލިބުނީ ގާތްގަނޑަކަށް 25 އަހަރުފަހުންނެވެ. މިހާރު މީމު އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން އެރަށުގެ އައު އިންޖީނުގެ އާއި އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވީ އެކަމަށްޓަކައި ނާލާފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޞާލިހެވެ. ޒަމާނީ ފެންވަރަށް ހަދާފައިވާ ނާލާފުށީގެ އިންޖީނުގޭގައި ކަރަންޓް ދިނުމަށް މީގެކުރިން ބޭނުންކޮށްފައި ވަނީ 80 ކިލޯވޮޓްގެ ދެ ޖަނަރޭޓަރާއި، 128 ކިލޯވޮޓްގެ ޖަނަރޭޓަރެކެވެ. ނާލާފުށީގެ ބައު އިންޖީނުގެ--- އައު އިންޖީނުގޭގައި ކަރަންޓް ދިނުމަށް 250 ކިލޯވޮޓްގެ ޖަނަރޭޓަރަކާއި، 160 ކިލޯވޮޓްގެ އިތުރުން 128 ކިލޯވޮޓްގެ ޖަނަރޭޓަރެއް ހިމެނެއެވެ. މި ޖަނަރޭޓަރު ސެޓުތަކުން ޖުމްލަ 538 ކިލޯވޮޓްގެ ކަރަންޓް އުފައްދާނެއެވެ. މީގެ ކުރިން ބޭނުންކުރަމުން އައި އިންޖީނުގެއިން އުފެއްދެނީ 288 ކިލޯވޮޓްގެ ކަރަންޓެވެ. ނާލާފުށި އިންޖީނުގެ ހަދާފައިވަނީ ވަރކްޝޮޕަކާއި، އިންޖީނު ރޫމުގެ އިތުރުން ކޮންޓްރޯލް ރޫމެއް ހިމެނެއެވެ. ނާލާފުށީ އިންޖީނުގޭ އޮފީސް އިމާރާތް ހަދާފައިވަނީ ރިޝެޕްޝަން އޭރިއާ، ލޮބީ، މެނޭޖަރު ރޫމް، ޕޭންޓްރީ، ފާހާނާ، މީޓިން ރޫމް އަދި ގެސްޓްރޫމް ހިމަނައިގެންނެވެ. މި އޮފީސް އިމާރާތުގައި ދަތިކަމެއްނެތި 15 މުވައްޒަފުންނަށް މަސައްކަތް ކުރެވެއެވެ. ކުރީ އިންޖީނުގޭ އޮފީސް ބައިގައި މަސައްކަތްކުރެވެނީ ތިން މުވައްޒަފުންނަށެވެ. ނާލާފުއްޓަކީ ބޮޑުމިނުގައި 10.40 ހެކްޓަރުގެ ރަށެކެވެ. މިއީ އަތޮޅުގެ ނިސްބަތުން ބިންކުޑަ ރަށެކެވެ. ސަރުކާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2020 ވަނަ އަހަރު ނިމުނުއިރު ނާލާފުށީގެ އާބާދީއަކީ ޖުމްލަ 531 އެވެ. އެއީ 250 އަންހެނުންނާއި 281 ފިރިހެނުން ނެވެ ނާލާފުށީގައި ދިރިއުޅުމަށް ޖުމްލަ 118 ގޯތި ދޫކުރެވި ފައިވާއިރު، މީގެ ތެރެއިން 2020 ވަނަ އަހަރުގެ ނިޔަލަށް މީހުން ދިރިއުޅެމުންދަނީ 85 ގޯތީގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ