ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ޕްރޮމޯޝަނެއް

ބީއެމްއެލްގެ މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 19 އިން އަންނަ ޑިސެމްބަރު މަހުގެ 18 އިގެ ނިޔަލަށެވެ.
ބެންކް އޮފް މޯލްޑިވްސް އިން އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ. 
މި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ތިން ފަރާތްތަކަށް އިނާމެއްގެ ގޮތުގައި 1500ރ. ގިފްޓް ކާޑެއް ދޭން ވަނީ ނިންމާފަ އެވެ. އަދި މި ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު ނުވަ ފަރާތެއް ގުރުއަތުން ހޮވާނެ އެވެ. 
ބީއެމްއެލްގެ މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 19 އިން އަންނަ ޑިސެމްބަރު މަހުގެ 18 އިގެ ނިޔަލަށެވެ. ޕްރޮމޯޝަންއާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެެބްސައިންޓް އިން ލިބެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ