މަޖިލިސް މެމްބަރު ނާޒިލްގެ ކޮއްކޮ ޕީޕީއެމަށް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްގެ ކޮއްކޮ އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމަށް ސޮއިކޮށްފިއެވެ.
ނާޒިލްގެ ކޮއްކޮ، ނަސްލު ސޮއިކުރީ ސ. ހިތަދޫ ޕީޕީއެމް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ. ނަސްލު ސޮއިކުރުމަށް ފަހު ފޯމް ހަވާލު ކުރީ ޕާޓީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު, ރައީީސް ޔާމީންއާއެވެ.
ނާޒިލްގެ އިތުރުން ގިނަ ޒުވާނުންތަކެއް ޕީޕީއެމާ ގުޅިފައިވާއިރު، ރައީސް ޔާމީން އައްޑު އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ސިޓީން ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ޕީޕީއެމަށް ސޮއިކުރަމުންނެވެ.
އޭގެ ތެރޭގައި އެމްޑީޕީގެ އާންމު މެމްބަރުން ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ