''ތްރިޕްތީއަކީ އެކްޓަރުންނަށް ނުތަނަވަސްކަން ގެނެސްދޭ ބަތަލާއެއް''

އަލަށް ތައާރަފުވާ ފިލްމީ ތަރިންގެ މަސައްކަތް ބޮލީވުޑުން ވަރަށް ސީރިއަސްކޮށް ނަގަންޖެހޭ ކަމަށާއި ޝައުގުވެރި އަދި އުފެއްދުންތެރި ފިލްމުތަކަށް އެ ތަރިން އިންވެސްޓްކުރަންޖެހޭ ކަމަށް ޑައިރެކްޓަރު ހަންސަލް މެހެތާ ބުނެފިއެވެ. ހަންސަލް މެހެތާގެ އެކްސް އެކައުންޓުގައި މި މައުޟޫއާ ގުޅިގެން ކުރި ޕޯސްޓުގައި ބުނެފައިވަނީ އަލަށް ތައާރަފުވާ ފިލްމީ ތަރިންގެ ތެރެއިން ބަތަލާއިންގެ މަސައްކަތުގެ އަގު ވަޒަންކުރަންޖެހޭ ކަމަށާއި އެފަދަ ތަރިންގެ ލިސްޓުގެ އެންމެ ކުރީގައި ވަނީ "އެނިމަލް"ގެ ބަތަލާ ތުރިޕްތީ ދިމްރީ ކަމަށެވެ. ތުރިޕްތީއަކީ ފިލްމު "އެނިމަލް"އިން އާއްމުންގެ މަގުބޫލުކަން ހޯދި ބަތަލާއެއް ނަމަވެސް ކުރިން ރިލީޒްކުރި ތުރިޕްތީގެ ފިލްމުތައް ކަމަށްވާ "ޤާލާ" އަދި "ބުލްބުލް"ގައި ބަތަލާގެ އެކްޓިންގް ހުނަރު ވަރަށް މޮޅު ކަމަށެވެ. ބޮލީވުޑްގައި މިހާރު ތިބި ހުނަރުވެރި ބަތަލާއިންގެ ތެރޭ ތުރިޕްތީ ހިމެނޭއިރު އޭނާއަކީ އެކްޓަރުންނަށް އިންތިހާއަށް ނުތަނަވަސްކަން ގެނުވައިދޭ މިންވަރަށް އެކްޓިންގެ ހުނަރު ލިބިފައިވާ ބަތަލާއެއްކަން ހަންސަލް ވަނީ ފާހަގަކޮށްފައެވެ. ފިލްމު ޑައިރެކްޓަރު ހަންސަލަން މެހެތާ--ފޮޓޯ/ފިލްމުފެއައިންޑިއާގެ ސިނަމާގައި މަސައްކަތްކުރާ ބަތަލާއިންގެ މަސައްކަތުގެ އަގުވަޒަން ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި ބަތަލާއިންނަށް އުފެއްދުންތެރި ވަރުގަދަ ރޯލްތައް ލިބެންޖެހޭކަމަށް ބުނެ ހަންސަލަން ވަނީ އެކްސްގައި ވަކާލާތުކޮށްފައެވެ. ބޮކްސް އޮފީހުގެ ނަންބަރުތަކަށާއި ސޯޝަލް މީޑިއާ އެންގޭޖްމަންޓަށް ދޭ އިސްކަން ބަތަލާއިންގެ ހުނަރު ވަޒަންކުރުމަށް ވެސް ދޭ ނަމަ އެކްޓަރުންނާ އެއްވަރަށް ފިލްމު އިންޑަސްޓްރީގެ ބަތަލާއިން ވެސް ތިބޭނީ ފިލްމީ ދާއިރާގެ އެންމެ އުހުގައި ކަމަށް ހަންސަލް ވަނީ ފާހަގަކޮށްފައެވެ. ތުރިޕްތީގެ ފިލްމީ ކެރިއަރު ފެށުނު ގޮތުން އެއީ ޖެހިލުން ކުޑަ ކެރިގެން ރޯލްތައް ކުޅޭ ކާމިޔާބީއާ ހަމައަށް މަސައްކަތް ކުރުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރާ ބަތަލާއެއްކަން ސާބިތުކޮށްދީފައިވާ ކަމަށް ހަންސަލް ވަނީ ބުނެފައެވެ. ތުރިޕްތީގެ ފިލްމީ ކެރިއަރުގެ ދުވަސްތައް ފެނުމުން ބޮލީވުޑްގެ މަގުބޫލު ބަތަލާ ކަންގަނާ ފިލްމީ ކެރިއަރު ފެށި ގޮތް ހަނދާންވާ ކަމަށާއި އިންޑަސްޓްރީއަށް ބޭނުންވަނީ އެފަދަ ޖެހިލުން ކުޑަ އެކްޓަރުންނަށް ނުތަނަވަސްކަން ގެނެސްދޭނެ ކަހަލަ ބަތަލާއިން ކަމަށް މަގުބޫލު ޑައިރެކްޓަރު ވަނީ ބުނެފައެވެ. ކާމިޔާބު އެތައް ފިލްމެއް ޑައިރެކްޓްކޮށްފައިވާ ހަންސަލް އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2023 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ދަ ބަކިންގްހަމް މާޑާސް"އެވެ. ހަންސަލް އަންނަނީ އިންޑިއާގެ މަގުބޫލު ލީޑަރު މަހާތުމާ ގާނދީގެ ދިރިއުޅުން ދައްކުވައިދޭ ޓެލެވިޒަން ސީރީޒްގެ މަސައްކަތް ވެސް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ