މިދިޔަ 15 ޑިސެމްބަރުން ފެށިގެން ވޭޕް މަނާކުރި ފަހުން، ވޭޕް ބޭނުންކޮށްގެން މިހާތަނަށް ޖުމުލަ 130،500ރ. ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ވަނީ ޑިސެމްބަރު މަހު އަދި ޖެނުއަރީ މަހު ޖޫރިމަނާކުރި އަދަދުތައް މީޑިއާއަށް ހިއްސާކޮށްފަ އެވެ.
ތަފްސީލް - ފުލުހުން ބުނި ގޮތުގައި:
15 ޑިސެމްބަރުން 31ގެ ނިޔަލަށް 14 މައްސަލައެއްގައި 11 މީހަކު ޖޫރިމަނާކުރި؛ ޖޫރިމަނާގެ ޖުމުލަ އަދަދު އަރަނީ 60،500ރ.އަށް
1 ޖެނުއަރީން 31ގެ ނިޔަލަށް 14 މައްސަލައެއްގައި 12 މީހަކު ޖޫރިމަނާކުރި؛ ޖޫރިމަނާގެ ޖުމުލަ އަދަދު އަރަނީ 70،000ރ.އަށް
އެނގުން މުހިންމު - ވޭޕް މަނާކުރުމަށް ފަހު ބޭނުންކުރުމާއި ހިލޭ ބެހުމާއި ވިއްކައިފި ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމަށް ދުންފަތް މަނާ ކުރުމުގެ ގާނޫނުގައި ހިމެނި އެވެ. އެގޮތުން:
ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސަށް ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރެވޭނެ؛ އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓެއް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރެވޭނެ
އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ، 20،000ރ. އިން ޖޫރިމަނާ ކުރެވޭނެ؛ ވިއްކި ކޮންމެ އެއްޗަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރެވޭނެ
އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ހިލޭ ބަހައިފި ނަމަ، 10،000ރ. އިން ޖޫރިމަނާ ކުރެވޭނެ
އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ކަމަށްވާ ނަމަ، އިތުރު 50،000ރ. އިން ޖޫރިމަނާ ކުރެވޭނެ
އެފަދަ އުފެއްދުމެއް ބޭނުންކޮށްފި ނަމަ، 5،000ރ. އިން ޖޫރިމަނާ ކުރެވޭނެ
ވޭޕް ބޭނުންކޮށްގެން މިހާތަނަށް ޖޫރިމަނާގެ ގޮތުގައި 130،500ރ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ