ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރާ އއ. ތޮއްޑޫގައި ވާ ގިނަވެ، ދަނޑުވެރިންނަށް އުނދަގޫވާތީ ސިފައިން ނުކުމެ ބަޑި ޖަހައިގެން ވާ މަރަން މަރަން ފަށައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ ވާ މެރުމުގެ ޕްރޮގްރާމް ކުރިއަށްގެންދަނީ ސިފައިންގެ މާލެ އޭރިއާ ކޮމާންޑާއި ތޮއްޑޫ ކައުންސިލް ގުޅިގެން ކަމަށެވެ. ބަޑި ޖަހާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް އެމްއެންޑީއެފް އިން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދަނީ އެ ރަށުގައި ވާ ގިނަވެ އާންމު ފަރުދުންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވުމުގެ ސަބަބުން ކަމަށް ވެސް ސިފައިން ބުންޏެވެ.
މި މަހުގެ ފުރަތަމަ ދުވަހު ފެށި މި ޕްރޮގްރާމު ނިންމާލަނީ މާދަމާ އެވެ.
މި ޕްރޮގްރާމުގެ ދަށުން ސިފައިން ދަނީ ކޮންމެ ދުވަހަކު ވެސް އެ ރަށުގެ އެކި ސަރަހައްދުތަކުގައި ބަޑި ޖަހައިގެން ވާ މަދުކުރުން ކުރިއަށް ގެންދަމުންނެވެ.
ބޮޑުމިނުގައި 172.6 ހެކްޓަރު ހުރި ބިޔަ ތޮއްޑޫގެ ތިން ބައިކުޅަ އެއްބަޔަކީ ދަނޑުވެރިކަމަށް ހާއްސަކޮށްފައި އޮންނަ ބިމެވެ.
ދަނޑުވެރިކަމަށް ހާއްސަކޮށްފައިވާ ބިންތަކުގައި ތިން ދަނޑުބިމެއް އޮވެ އެވެ. އެއީ މައިރަށު ދަނޑުބިމާއި އާބާދީއާ ދުރުގައި އޮންނަ ގޮއި ދަނޑުބިމާއި ކޮންމެ އަހަރަކު ރޯދައަށް ހާއްސަ ކުރާ ކަރާ ދަނޑުބިމެވެ.
ދަނޑުވެރިންނަށް އުނދަގޫ ބޮޑުވާތީ ތޮއްޑޫގައި ބަޑި ޖަހައިގެން ވާ މަރަނީ ދަނޑުވެރިންނަށް އުނދަގޫ ބޮޑުވާތީ ތޮއްޑޫގައި ބަޑި ޖަހައިގެން ވާ މަރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ