މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޒު ކުރުމަށް އައްޑޫ ސިޓީ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި އިއްޔެ ކުރިއަށް ދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން ފަހުމްނާމާގައި ކޮމިޝަނާ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ސޮއިކުރައްވާފައިވާއިރު، އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރެވެ.
މި އެއްބަސްވުމަކީ ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޒުކުރުމުގައި ކަރެކްޝަނަލް ސާވިސްއިން ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަދަބު ތަންފީޒުކުރުމުގައި، އަތޮޅު ކައުންސިލް ނުވަތަ ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލުން ކަރެކްޝަނަލް ސާވިސްއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޢަމަލުކުރާނޭ ގޮތްތަކާ ގުޅޭގޮތުން ސޮއިކުރެވުނު އެއްބަސްވުމެކެވެ.
އެ އެއްބަސްވުމުގެ ދަށުން ގައިދީއަކަށް ތައުލީމީ ޕްރޮގްރާމެއް ނުވަތަ އެ ނޫން ޕްރޮގްރާމެއްގައި ވެސް ބައިވެރިކުރުމަށް އަމުރުކުރާ ހާލަތުގައި، އައްޑޫ ސިޓީ ކައުންސިލް މެދުވެރިކޮށް ސަރުކާރުގެ އިދާރާތަކުންނާއި ކުންފުނިތަކުން ކުރިއަށް ގެންދާ ޕްރޮގްރާމެއްގައި ބައިވެރިކުރަން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި މުޖުތަމަޢުއަށް ޚިދުމަތް ކުރުމަށް ކުރެވިދާނެ އެކި މަސައްކަތްތައް ދެނެގަތުމަށްޓަކައި އައްޑޫ ސިޓީ ކައުންސިލުންނާއި، ގުޅުން ހުރި އެންޖީއޯތަކުންނާއި، މި ނޫން ވެސް އެކި ދާއިރާތަކުގެ މަޢުލޫމާތު ހޯދާ އެމްސީއެސްއާ ހިއްސާކުރުން ހިމެނެއެވެ.
މީގެ އިތުރުން އެކަން ހަމަޖެއްސުމުގައި ކަރެކްޝަނަލް ސާވިސްއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އަދަބުތައް ތަންފީޒުކުރުމުގެ މުއްދަތުގައި، ޤައިދީން މުޖުތަމަޢުއިން ބަލައިގަންނަ ބައެއްގެ ގޮތުގައި ހެދުމަށާއި، މުޖުތަމަޢަށް އަލުން ގުޅިގެން ދިއުމަށް ޓަކައި މުޖުތަމަޢުގެ ދައުރު ބަޔާންކޮށްދީ، އާންމުން ހޭލުންތެރި ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ވެސް މި އެއްބަސްވުމުގައި ހިމެނެއެވެ.
ައައްޑޫ ފްލޯޓިންގ ވޯޓަރ ތީމް ޕާކުގެ އީއައިއޭ ހެދުމުގެ މަސައްކަތް ސީ.ޑީ.އީ އަށް އައްޑޫގައި މަސްދަޅު ކޭސް ބަހަން ކައުންސިލުން ގެތަކަށް ދަނީ ކުރުސީގެ ނަމުގައި ހިންގާ ޓުވިޓާއިން ކައުންސިލް ބަދުނާމުކުރާ މައްސަލަ ފުލުހަށް ހުށަހަޅާނަން: ނިޒާރު އައްސޭރި ޖަލަށް މަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ