އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ ވަރުގަދަ ހަަމަލާތަކުގެ ސަބަބުން ޣައްޒާގެ ބޮޑު ބަޔަކުން އިންޓަނެޓްގެ ޚިދުމަތް މެދުކެނޑި ކުއްލި އެހީގެ މަސައްކަތަށް ހުރަސްއެޅިއްޖެއެވެ.
އިސްރާއީލުން އީރާނަށް ހަމަލާދެމުންދާއިރު، ޣައްޒާއަށް ދެމުންދާ ގަދަފަދަ ހަމަލާތައް ހުއްޓާލާފައެއް ނުވެއެވެ. އިސްރާއީލްގެ ހަމަލާތަކުގައި މިއަދު ފަތިހުން ފެށިގެން މިހާތަނަށް މަދުވެގެން 44 ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ.
ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން ޣައްޒާގެ އެކި ސަރަޙައްދުތަކުގައި އިންޓަނެޓް ކެނޑިފައިވުމުގެ ސަބަބުން މުވާސަލާތުކުރުމަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. އަދި މިކަމުގެ ސަބަބުން ކުއްލި ނުރައްކަލުގެ ޚިދުމަތްތަކުގެ މަސައްކަތަށް ހުރަސްއެޅިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޣައްޒާއި ހުންނަ އަލްޖަޒީރާގެ ނޫސްވެރިޔާ ހިންދު ޚުދާރީ ބުނެފައިވާގޮތުގައި ޣައްޒާގެ ބޮޑު ބަޔަކުން އިންޓަނެޓްގެ ޚިދުމަތް ނުލިބޭތީ ކުއްލި އެހީތެރިކަން ފޯރުކޮށްދޭ އެމްބިއުލާންސްތައް ފޮނުވުމަށާއި، ކުއްލި ސިއްހީ އެހީ ފޯރުކޮށް ދިނުމަަށާއި، ކުއްލި އެހީ ފޯރުކޮށްދޭންވީ ގޮތާއި ތަންތަން އެނގުމަށް ވަރަށް ގިނަ ހުރަސްތަކާއި ގޮންޖެހުންތަކާއި ވަނީ ކުރިމަތިވެފައެވެ.
"އެހީދޭ މީހުން ބުނާ ގޮތުގައި އިންޓަނެޓް ކެނޑުމުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންގެ ފަރާތުން [ގުޅުންތައް] ނުލިބޭ، އެހެންކަމުން މިކަމުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުން އެކަކު އަނެކަކާ ގުޅުން ބޭއްވުމަށް ހުރަސްއެޅުމުގެ އިތުރުން، ފުރާނަތައް ސަލާމަތްކުރުމަށްވެސް އަސަރުކުރަމުންދޭ" އޭނާ ބުނެފަވެއެވެ.
އަލްޖަޒީރާގެ ނޫސްވެރިޔާ ހިންދު ޚުދާރީ ބުނެފައިވާގޮތުގައި އިސްރާއީލުން ޣައްޒާގެ އުތުރުގައި ޚާއްޞަކޮށް ޖަބާލިޔާ، ބައިތު ލަހިޔާ، ބައިތު ހަނޫން ސަރަޙައްދުތަކާއި، ދެކުނުގެ ޚާން ޔޫނިސް ސިޓީ ސަރަޙައްދާއި އޭގެ ވަށައިގެންވާ ސަރަޙައްދުތަކުގައި، (އަލް-މަވާސީ ސަރަޙައްދު ހިމެނޭގޮތަށް) އަދި ކުރިން އިސްރާއީލުން "ރައްކާތެރި ސަރަޙައްދެއް"ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދެއް ވެސް ހިމެނޭހެން ގަދަފަދަ ވައިގެ ހަމަލާތައް އަންނަނީ ދެމުންނެވެ.
ޚުދާރީ ބުނާ ގޮތުގައި މިއަދުގެ ޣައްޒާގެ ސީދާ ގެއްލުންތަކުގެ ހިސާބުތައް އެނގެން ނެތްނަމަވެސް، ޣައްޒާގައި ބާކީ ހުރި މަދު ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް ޒަޚަމްވެފައިވާ މީހުންގެ ސަބަބުން ވަނީ ފުރިފައެވެ.
"އިސްރާއީލުގެ ބާރުތަކުން ކޮންމެ ހެނދުނަކު [އިސްރާއީލާއި އެމެރިކާގެ އެހީތެރިކަމާއެކު] ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަނުން އެހީ ހޯދަން މަސައްކަތްކުރާ ފަލަސްޠީނުގެ ރައްޔިތުންނަށް ވެސް ހަމަލާދޭ" އޭނާ ބުނެފައިވެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އިސްރާއީލު ހަަމަލާތަކުގެ ސަބަބުން ޣައްޒާގެ ބޮޑު ބަޔަކުން އިންޓަނެޓްގެ ޚިދުމަތް މެދުކެނޑި ކުއްލި އެހީގެ މަސައްކަތަށް ހުރަސްއެޅިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ