އޮންލައިން ޓޯކަން އަށް މަސްދަޅު ކޭސް ނެގޭގޮތް ހަދަނީ
ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސްދަޅު ކޭސް ކިއޫގައި ހުންނަން ނުޖެހި އޮންލައިން ޓޯކަންއަކަށް ނެގޭނެ އިންތިޒާމު ހަމަަޖައްސަން ނިންމައިފި އެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މަސްދަޅު ބަހަން ފެށުމުން ކޮޅު ނުފެންނަ ވަރުގެ ބޮޑު ކިއޫއެއްގައި ގިނަ ބަޔަކު ތިބެން ޖެހުމުގެ ޝަކުވާ އާއި ހިތްހަމަނުޖެހުން ވަރަށް ބޮޑުވުމާ އެކު، އިންތިޒާމުތައް ފަސޭހަ ކޮށްދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.އެހެންވެ، ލޯކަލް ގަވަމެންޓް މިނިސްޓްރީން ރޭ ބުނީ، އޮންލައިން ނިޒާމެއްގެ ތެރެއިން ޓޯކަން ނެގޭނެ އިންތިޒާމެއް ހަމަޖައްސާނެ ކަމަށެވެ."މި ނިޒާމުގެ ތެރެއިން ވަކި ރެއަކަށް ވަކި މަރުކަޒަކުން ޓޯކަން ނެގުމުން، އެ ރެއެއްގައި އެ މަރުކަޒުން އެ ބޭފުޅަކަށް މަސްދަޅު ކޭސް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ،" އެ މިނިސްޓްރީގެ ނޫސްބަޔާނުގައި ވެ އެވެ.މިއަދުން ފެށިގެން މާލެ ސަރަހައްދުގެ ޖުމުލަ 13 ތަނަކުން މަސްދަޅުކޭސް ދޫކުރުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފަ އެވެ. މަސްދަޅުކޭސް ދޫކުރާނެ މަރުކަޒުތަކަކީ:މިފްކޯ ކޮމްޕްލެކްސް (މާފަންނު) : 200 ޓޯކަންއެމްޓީސީސީ ސޯމިލް : 200 ޓޯކަންހެންވޭރު ދަނޑު : 100 ޓޯކަންގަލޮޅު ދަނޑު ސެޓަޕް 1 : 50 ޓޯކަންގަލޮޅު ދަނޑު ސެޓަޕް 2 : 50 ޓޯކަންގަލޮޅު ދަނޑު ސެޓަޕް 3 : 50 ޓޯކަންގަލޮޅު ދަނޑު ސެޓަޕް 4: 50 ޓޯކަންސޯޝަލް ސެންޓަރު : 100 ޓޯކަންވިލާމާލެ ވެމްކޯ ސައިޓް: 100 ޓޯކަންހުޅުމާލެ އުމަރު ޒާހިރު ބިލްޑިން: 100 ޓޯކަންހުޅުމާލެ ޕޮލްކޯ ޓަވަރު (ސީ ބްލޮކް): 100 ޓޯކަންހުޅުމާލެ ހިޔާ ޓަވަރު 10 :100 ޓޯކަންހުޅުމާލެ ކާމިލްދީދީ ޕްރީސްކޫލް: 100 ޓޯކަންޓޯކަން ނެގުމަށް ހާއްސަ ލިންކެއް މިއަދު އާންމު ކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ