ހުޅުމާލޭގައި މީހަކަށް ކޯރާޑިއަކުން ހަމަލާދިން ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ހުޅުމާލެ، ބޯގަންވިލާ މަގު، ރެހެންދި ޓާފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެއްގަ އައި ދެމީހަކު ހަމަލާ ދިން މައްސަލައެއް ރޭ 11:35 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މާރާމާރީގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި މާރާމާރީގައި ހަމަލާދީފައިވަނީ ކޯރާޑިއަކުން ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާކަމަށް ވެސް ބުނެފައިވެއެވެ. މީގެއިތުރުން ފުލުހުން ބުނީ މި މާރާމާރީ ހިންގިކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ފިލައިގެން ހައިވޭ އިން މާލެއަށް ދަނިކޮށް ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ގދ. ފިޔޯރީ، ހީނާމާގެ ރުސްތުމް އިބްރާހީމް (25އ) އަދި ބ. ހިތާދޫ، ސްޓާ، އަބްދުﷲ ޒާހިދު ޒުބެއިރު (18އ) ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނީ އެ މީހުން ހުއްޓުވި ސަރަހައްދުން މާރާމާރީ ހިންގަން ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ ހަތިޔާރު ފެނިފައިވާ ކަމަށާއި ވަޅިއެއްވެސް ފެނިފައިވާ ކަމަށެވެ.
ކޯރާޑިއަކުން މީހަކަށް ހަމަލާ ދިން ދެމީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ