ދިވެހި ހައްޖުވެރިންނަށް ފުރިހަމަ ހިދުމަތެެއް ދެވޭތޯ ޔަގީން ކުރުމަށް ހައްޖު މިޝަންގެ މެމްބަރުންގެ ކިބައިން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެދިވަޑައިގެންފި އެވެ.
މިނިސްޓަރު މިކަމަށް އެދިވަޑައިގެންނެވީ ހައްޖު މިޝަންގެ މެމްބަރުންނާއި މިއަދު ބައްދަލު ކުރައްވާ ވާހަކަަ ދައްކަވަމުންނެވެ.
އިސްލާމީކަންތައްތަކާ ބެހޭ މިނިސްޓްރީގައި މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ ހައްޖު މިޝަންގެ މެމްބަރުންގެ ޒިންމާ ވީހާވެސް ފުރިހަމައަށް އަދާކުރެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި ދިވެހި ހައްޖުވެރިންނަށް ފުރިހަމަ ހިދުމަތެެއް ދެވޭތޯ ޔަގީން ކުރުމަށް އެދިވަޑައިގަތެވެ.
Advertisement
ދިވެހި ހައްޖުވެރިންނަށް ދަތިވާ ކަންތައްތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރުމަށާއި ހައްޖުވެރިންނާއި ވީހާވެސް ގާތުން މަސައްކަތް ކުރުމަށް ވެސް އިލްތިމާސް ކުރެއްވި އެވެ.
ހައްޖުވެރިންގެ ކަންކަން ވީހާވެސް ގާތުން ބެލުމަށް ސައުދީ އަރަބިއްޔާގައި ހަރަކާތްތެރިވާ ދިވެހި ހައްޖު މިޝަންގައި ހައްޖު ކޯޕަރޭޝަންގެ ބޭފުޅުންނާއި، މެޑިކަލް ޑޮކްޓަރަކާއި، ދީނީ އިލްމުވެރިން ހިމެނެ އެވެ.
ހައްޖުގެ އަޅުކަމަށް ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.
ދިވެހި ހާޖީންނަށް ފުރިހަމަ ހިދުމަތެއް ދެވޭތޯ ޔަގީން ކުރެއްވުމަށް މިނިސްަޓަރު އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ