މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް

މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ, މެޓް އޮފީހުން ބުނެފިއެވެ. 
މެޓް އޮފީހުން ބުނީ، މިއަދުގެ ހަވީރު 18:00 އާއި ހަމައަށް ރާއްޖޭގެ އެކި ހިސާބަަށް ކެރީގެ އަސަރުފޯރާާނެކަމަށާ އަދި ބައެއް ރަށް ތަކަށް ގުގުރުން އެކަށީގެންވާކަމަށެވެ. 
މިގޮތުން ހުޅަނގުދެކުނާއި ހުޅަނގުން,އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު  5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓް އިން ބުނެފައިވެއެވެ.
މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މިއަދުގެ މޫސުން
އެހެންކަމުން ޢީދު ބަންދުގައިއެކި ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ