ޖުމްހޫރީ މައިދާން ސަރަހައްދުގައި އީދު ހަވީރުގެ ހަރަކާތްތައް މިއަދާއި މާދަމާ ވެސް ކުރިއަށް ދާނެ ޖުމްހޫރީ މައިދާން ސަރަހައްދުގައި އީދު ހަވީރުގެ ހަރަކާތްތައް މިއަދާއި މާދަމާ ވެސް ކުރިއަށް ދާނެ

ފިތުރު އީދު ފާހަގަ ކުރުމުގެ ގޮތުން ފުލުހުންނާއި ސިފައިން އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އިންތިޒާމު ކޮށްގެން ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދާ "އީދު ހަވީރު" ގެ ހަރަކާތްތައް މިއަދާއި މާދަމާ ވެސް ކުރިއަށް ދާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ މިއަދާއި މާދަމާ ވެސް، ހަވީރު 4:00 އިން އިރުއޮއްސި 6:00 ގެ ނިޔަލަށް އެ ސަރަަހައްދުގައި ކުޅިވަރުތައް އޮންނާނެ ކަމަށެވެ. އީދު ހަވީރު ކުރިއަށް ގެންދަނީ ސަލްޓަން ޕާކާއި އިސްލާމީ މަރުކަރު މައިދާނުގެ އިތުރުން ޖުމްހޫރީ މައިދާން އަދި ރަސްމީ ފާލަން ސަރަހައްދުގަ އެވެ.
އީދު ހަވީރަށް އިއްޔެ އާންމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ. ގިނަ އަދަދެއްގެ ކުޑަކުދިން އެ ސަރަހައްދަށް އިއްޔެ ގޮސް، ކުޅިވަރުތަކުގައި ބައިވެރިވި އެވެ. އެ ހަވީރުގައި ރައީސުލްޖުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން، ސާޖިދާ މުހައްމަދު ވެސް އިއްޔެ ބައިވެރިވެވަޑައިގެންނެވި އެވެ.
އީދު ހަވީރުގައި އެކި ބާވަތުގެ ކުޅިވަރުތަކާއި ހުނަރު ދަސްކޮށްދޭ ސްޓޯލްތަކުގެ އިތުރުން ފަންނުވެރިންގެ ހުށަހެޅުންތައް ވެސް ފެނިގެންދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ