މަސްތުވާތަކެއްޗާ އެކު 60 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި
އުމުރުން 60 އަހަރުގެ މީހަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ.ފުލުހުން ބުނީ އަހްމަދު އަފީފް، ހ. މެޑޯސްވީޓް ހައްޔަރުކުރީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ 10 ނަންބަރު ފްލެޓް ކައިރިން އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކުވެގެން މަޑުކުރަން އެންގުމާ އެކު އެއްޗެހިތަކެއް އުކާލައި ފިލައިގެން ދާން އުޅުމުން ކަމަށެވެ.އެއާއެކު އޭނާ ހުއްޓުވައި އޭނާ ހުރިތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓް ފެނިފައި ވެއެވެ. އެކަމަކު ފެނުނު މަސްތުވާތަކެތީގެ ބާވަތެއް އަދި އޭގެ ބަރުދަނެއް ފުލުހުން ނުބުނެ އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 10 ދުވަސް ދީފަ އެވެ.ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ