މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިން ރާއްޖެ އައިސްފި

މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް ދިޔަ ހުރިހާ ހައްޖާޖީން ރާއްޖެ އައިސްފި އެވެ.
ވީ ކިހިނެއް؟ - މި އަހަރުގެ ހައްޖުގެ އަޅުކަމަށް ރާއްޖެއަށް ލިބުނު 1،000 ކޯޓާގައި ދިޔަ މީހުންގެ ފަހު ގުރޫޕު ރާއްޖެ އައީ ރޭގަ އެވެ. މިދިޔަ އަހަރުން ފެށިގެން ރާއްޖޭން ހައްޖަށް ދާ މީހުން ހުރިހާ އެންމެން ވެސް ހައްޖަށް ދަނީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގަ އެވެ.
ތަފްސީލް - މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދިޔަ މީހުންނަށް މައްކާ ރޫޓް އިނިޝިއޭޓިވްގެ ލުއިފަސޭހަކަން ލިބިފައިވާއިރު މިނާގައި ހައްޖާޖީން ތިބި ފޭލިގެތަކުގެ ފެންވަރު ވެސް ވަނީ ރަނގަޅުކޮށްފަ އެވެ.މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަން ޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓްގައި ތިބެ ނިންމައިގެން ފުރުމެވެ.
ހައްޖުގެ އަޅުކަމަށް ފަހު އަންނަ މީހުންގެ ތެރެއިން ހުމާއި ރޯގާގެ އަލާމާތްތައް ފެންނަ މީހުންނަށް ހާއްސަ ފްލޫ ކްލިނިކުތަކެއް އައިޖީއެމްއެޗުގހުޅުމާލޭ، ހޮސްޕިޓަލް އަދި ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވަނީ ގާއިމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ