"ޑިޖިޓަލައިޒް ކުރުމުގެ މައިގަނޑު އެއް މަގުސަދަކީ ކޮރަޕްޝަންގެ ނައްތާލުން"

ރައީސް އިތުރަށް ވިދާޅުވެފައި ވަނީ ޑިޖިޓަލައިޒޭޝަންގެ ކަންކަން ފުރިހަމަވުމުން މިހާރުގެ ވޯކް ފޯސްގެ ތިން ބައިކުޅަ އެއްބައި ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް، 2028 ވަނަ އަހަރާ ހަމައަށްދާއިރު ބަދަލުކުރުމަށް އުންމީދުކުރައްވާ ކަމަށެވެ.
ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ އެންމެ މައިގަނޑު އެއް މަގުސަދަކީ މި ގައުމުން ކޮރަޕްޝަންގެ ވަބާ ނައްތާލުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓިޖިޓަލް ކުރުމަށް ރައީސް ޑގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދުމުގެ ގޮތުން ރޭ ފަށާފައިވާ މޯލްޑިވްސް 2.0 މަޝްރޫއުގެ ސަމިޓް އިފުތިތާހުކޮށްދެއްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެންމެން އެއް ޖޯޝެއްގައި ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށްކުރާ މަސައްކަތުގައި ކޮރަޕްޝަން ނައްތާލަން ޖެހޭ ކަމަށެވެ.ޑިޖިޓަލައިޒޭޝަންގެ ތެރެއިން ކޮރަޕްޝަން ނައްތާލެވޭނެ ގޮތްތަކަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ ޑިޖިޓަލައިޒޭޝަންގެ ތެރެއިން ވަރަށް ބޮޑަށް ދެފުށް ފެންނާނެ ނިޒާމެއް ގާއިމު ކުރެވޭނެ ކަމަށެވެ. އަދި ޑިޖިޓަލައިޒޭޝަންގެ ތެރެއިން މިހާރު ބޭނުންކުރާ އައިޑީކާޑަކީ ސްމާޓް، ޑިޖިޓަލް، އަދި ހުރިހާ ހިދުމަތެއް އެ ކާޑުން ހޯދޭނެގޮތް ހިމެނޭކާޑަކަށް ހެދުމަށް މަސައްކަތް ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން، ސައިބާ ސެކިއުރިޓީ ރަނގަޅުކޮށް، ހިދުމަތުގެ ނިޒާމް ވަރުގަދަކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.ޑިޖިޓަލައިޒޭޝަންގެ ކަންކަން އެންމެ ފުރިހަމައަށް ހާސިލްކޮށްފައިވާ އެއް ގައުމަކީ އެސްޓޯނިއާކަން ފާހަގަކުރައްވައި ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ކުރައްވާ މަސައްކަތުގައި އެގައުމުގެ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވަމުންދާކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން އެސްޓޯނިއާއަކީ ޕްރެސް ފްރީޑަމްގައި ދެވަނައަށް އޮތް ގައުމުކަމުގައި ފާހަގަކުރައްވައި، މިކަން ހާސިލްކުރުމުގައި ވެސް ޑިޖިޓަލައިޒޭޝަން ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖެވެސް އެހަރުފަތާ ހިސާބަށް ގެންދިއުމަށް، މައުލޫމާތު ފޯރުކޮށްދިނުމުގައި އަދި މައުލޫމާތު ލިބިދިނުމުގައި ޒިންމާދާރުކޮށް، އަވަސް މިނުގައި ހިދުމަތްދޭ ތަނަކަށް ހެދުމަށް ޑިޖިޓަލައިޒޭޝަންގެ ފުރިހަމަ ބޭނުންކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ރޭގެ ރަސްމިއްޔާތުގައި ރައީސް އިތުރަށް ވިދާޅުވެފައި ވަނީ ޑިޖިޓަލައިޒޭޝަންގެ ކަންކަން ފުރިހަމަވުމުން މިހާރުގެ ވޯކް ފޯސްގެ ތިން ބައިކުޅަ އެއްބައި ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް، 2028 ވަނަ އަހަރާ ހަމައަށްދާއިރު ބަދަލުކުރުމަށް އުންމީދުކުރައްވާ ކަމަށެވެ. މޯލްޑިވްސް 2.0 ސަމިޓުގައި އެސްޓޯނިއާގެ އެކްސްޕާޓުން ބައިވެރިވެ އެވެ. މި އެކްސްޕާޓުންގެ ތެރޭގައި ސައިބަ ސެކިއުރިޓީ އެކްސްޕާޓުންނާއި ޑާޓާގެ އެކި ކަންކަމުގެ އެކްސްޕާޓުންނެވެ. މި ބޭފުޅުންނަކީ އެސްޓޯނިއާގެ ޖިޑިޓަލް ޖާނީގައި މުހިންމު އިސް ފަރާތްތަކެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ