ޕްރައިވެޓައިޒޭޝަން ބޯޑުގެ ސެކްރެޓަރީ ޖެނަރަލް ޔާމީން ސަސްޕެންޑްކޮށްފި

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) ގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ޔާމީން ސަސްޕެންޑްކޮށްފި އެވެ.މައުލޫމާތު ލިބިފައިވާ ގޮތުގައި ޔާމީން ސަސްޕެންޑް ކުރީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތަކަށް އައްޔަންކުރެވޭ މީހުންގެ ޝަރުތުތަކަށް ގެނައި ބަދަލަށް އޭނާ ދެކޮޅު ހަދާތީ ކަމަށް އެނގިފައިވެ އެވެ.އުސޫލަށް ގެނައި ބަދަލާ ގުޅިގެން ކުންފުނިތަކުގެ އިސް މަގާމުތަކަށް ތައުލީމާއި ތަޖުރިބާގެ ގޮތުން ދަށް ފަންތީގެ މީހުންނަށް ހަމަޖެއްސުމުގެ ފުރުސަތު މިހާރު ލިބޭ ކަމަށްވެ އެވެ.އެސްއޯއީތަކުގެ އިސް މަގާމުތަކަށް ދަށް ފަންތީގެ މުވައްޒަފުންނަށް އާދެވޭ ގޮތަށް ޕީސީބީން ބަދަލު ގެނައީ މިދިޔަ މަހުގެ 21 ގަ އެވެ. ސިވިލް ސާވިސް ކޮމިޝަނުން ޔާމީން ސަސްޕެންޑް ކުރީ މިދިޔަ ބުރާސްފަތި ދުވަހު 30 ދުވަހުގެ ނިޔަލަށް ކަމަށްވެސް އެނގިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ