ވެރިކަން ކުރާ ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ ސްޓިއަރިން ކޮމިޓީގެ ނަމުގައި މެންބަރު އަހުމަދު އަޒާންއާ ދެކޮޅަށް ބަޔާނެއް ނެރުމުގެ މަސައްކަތް ޕާޓީގެ އިސް ލެވެލެއްގައި ފަށައިފި އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކުރި ބިލަށް ވޯޓު ނުދެއްވި މައްސަލައިގައި އަޒާންއަށް ތާއީދު ނުކުރާ ކަމަށް ބުނެ ދާއިރާގެ ސްޓިއަރިން ކޮމިޓީ ލައްވައި ބަޔާނެއް ނެރެން މަސައްކަތް ކުރަމުންދާކަން މި ނޫހާ ވާހަކަ ދެއްކި ދެ މަސްދަރަކުން ވަނީ ބުނެފަ އެވެ.
ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ ރައީސް އަކީ ވެސް އަޒާން އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު މަޖިލީހަށް ބަލައިގަތުމަށް ވެސް އަޒާން ވޯޓެއް ނުދެއްވަ އެވެ. މިއަދު އެ ބިލު ފާސް ކުރިއިރު ވެސް އަޒާން ވޯޓެއް ނުދެއްވަ އެވެ.
އަޒާން ވިދާޅުވީ އެ ބިލަށް ވޯޓު ނުދެއްވީ އެއީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށްވާތީ ކަމަށެވެ. އަދި އެ ބިލު ފާސް ކުރަން ވޯޓު ނުދިނުމަށް ވަޒީރުންގެ މަޖިލީހުގެ ތެރެއިން ވެސް މަޝްވަރާ ލިބުނު ކަމަށް އަޒާން ވިދާޅުވި އެވެ.
"އެއީ ހުޅުވާލެވިފައިވާ މިނިވަން ދިމިގުރާތީ މުޖުތަމައުތަކުގައި އަމަލު ކުރާ އުސޫލުތަކާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކާއ ބީރައްޓެހި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ކުރެވިގެންދާ ކަމެއް ކަމަށް ވާތީ އެފަދަ ކަމެއްގައި ބައިވެރިވެ ތާއީދު ނުކުރެވޭނެ،" އަޒާން ނެރުނު ބަޔާނެއްގައި މިއަދު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރަން މަޖުބޫރުވާ ގޮތަށް މިއަދު ބިލެއް ފާސް ކުރީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ބާތިލް ކުރަން ހުށަހަޅާފައި އޮތް މައްސަލައިގެ އަޑުއެހުން ކޯޓުގައި ފަށަން ކުޑަ ވަގުތުކޮޅަކަށްވެފައި އޮއްވަ އެވެ.
އެ ބިލު ފާސް ކުރުމާއެކު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރާލްދާ ޒާހިރު ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ސަސްޕެންޑުކޮށްފަ އެވެ. އެ ފަނޑިޔާރުން ސަސްޕެންޑު ކުރީ އެ ތިން ފަނޑިޔާރުންގެ ޖިނާއީ މައްސަލައެއް އޭސީސީއިން ބަލަމުންދާ ކަމަށް ބުނެ އެވެ.
ނަމަވެސް އެފަދަ މައްސަލައެއް ބަލަމުންދާކަން އޭސީސީއިން ފަނޑިޔާރުންނަށް އަންގާފައެއް ނުވެ އެވެ. އަދި އެފަދަ މައްސަލައެއްގައި އެއިން އެއްވެސް ފަނޑިޔާރަކާ ސުވާލުކޮށްފައެއް ވެސް ނުވެ އެވެ. ފަނޑިޔާރުން ސަސްޕެންޑު ކުރި ޖޭއެސްސީގެ ކުއްލި ބައްދަލުވުން ބޭއްވީ އެންމެ 13 މިނެޓުގެ ނޯޓިހެއް ދިނުމަށްފަހެވެ.
ޖޭއެސްސީއިން ބޭއްވި އެ ބައްދަލުވުމުގައި އެ ކޮމިޝަނުގައި އިންނަވާ ތިން ފަނޑިޔާރުން ކުރެ އެއްވެސް ފަނޑިޔާރަކަށް ބައިވެރިއެއްނުވެވުނެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރުމުގެ ބިލު މިއަދު ފާސްކުރިއިރު، އެ ބިލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ވަރަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި އެއީ ކޯޓުތަކަށް ސީދާ ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތެއް ކަމަށް ވެސް ވަރަށް ތަޖުރިބާކާރުން އަދި މާހިރުން ދަނީ ވިދާޅުވަމުންނެވެ.
ދާއިރާގެ ސްޓިއަރިން ކޮމިޓީގެ ނަމުގައި މެންބަރު އަޒާންއާ ދެކޮޅަށް ބަޔާނެއް ނެރެން ޕީއެންސީން މަސައްކަތް ކުރަނީ ދާއިރާގެ ސްޓިއަރިން ކޮމިޓީގެ ނަމުގައި މެންބަރު އަޒާންއާ ދެކޮޅަށް ބަޔާނެއް ނެރެން ޕީއެންސީން މަސައްކަތް ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ