ފޮޅައި ސާފު ކުރުމުގެ މަސައްކަތަށް ވެމްކޯއިން ރަސްމީކޮށް ވަދެ، ސަރުކާރުގެ ހަތަރު އޮފީހަކާއެކު ސޮއިކޮށްފި ފޮޅައި ސާފު ކުރުމުގެ މަސައްކަތަށް ވެމްކޯއިން ރަސްމީކޮށް ވަދެ، ސަރުކާރުގެ ހަތަރު އޮފީހަކާއެކު ސޮއިކޮށްފި

ފޮޅައި ސާފު ކުރުމުގެ މަސައްކަތުގެ ތެރެއަށް ވެސް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން ރަސްމީކޮށް ވަދެ، ދައުލަތުގެ ހަތަރުު އޮފީހަކާއެކު އެގްރިމެންޓުގައި މިއަދު ސޮއިކޮށްފި އެވެ.
ވެމްކޯއިން މިއަދު ސޮއި ކުރީ މިފްކޯ އާއި ނެޝަނަލް ލައިބްރަރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އަދި ފެނަކަ ކޯޕަރޭޝަންއާއެކު އެވެ. ވެމްކޯއިން ދޭ ފޮޅައި ސާފު ކުރުމުގެ ހިދުމަތަށް ކިޔާ ނަމަކީ "ހޮބާ" އެވެ.
ވެމްކޯއިން ފޮޅައި ސާފު ކުރުމުގެ މަސައްކަތުގެ ތެރެއަށް ވަނުމަށް ނިންމުމުން ބައެއް އަމިއްލަ ކުދި ވިޔަފާރިތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެންމެ ބޮޑު މައްސަލައަކީ އެއްވެސް ބިޑަކާ ނުލައި ވެމްކޯއަށް މަސައްކަތް ހަވާލު ކުރުމުގެ ފުރުސަތު އޮތުމެވެ.
މިއަދު ސޮއި ކުރި ހަތަރު އެއްބަސްވުމުގައި ސޮއި ކުރީ ބިޑަށް ހުޅުވާލުމަށްފަހު ނުވަތަ ނޫންކަމެއް އަދި ނޭނގެ އެވެ. އެކަމަކު މީގެ ކުރިން ވެމްކޯއިން ބުނީ ބިޑަށް ހުޅުވައިނުލާ ސަރުކާރުން އެ ކުންފުންޏަށް މަސައްކަތް ހަވާލު ކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން އެބަ ބުނަން ކުނި އުކުމުގެ ހިދުމަތަކަށް ތިހާ ފައިސާއެއް ނުދެޔޭ. އެހެންވެ މި ދެ ހިދުމަތް އެއްކޮށްފައި ސަރުކާރު އޮފީސްތަކަށް ހާއްސަކޮށްގެން ފަށާ ޕްރޮގްރާމުގައި ބައެއް ބޭފުޅުންނާއި މަޝްވަރާ ކުރަމުން މިހާރު ދަނީ. އަދި އެ ހިދުމަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ވަމުން. އަޅުގަނޑުމެންނަކީ ސަރުކާރު ހިއްސާވާ ކުންފުންޏަކަށްވުމުން ބިޑިންގއެއް ނޯންނާނެ،" ޖުލައި، 2024، ގައި ވެމްކޯގެ ޑެޕިއުޓީ އެމްޑީ މުހައްމަދު އަބްދުލްކަރީމް ދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ