އައްޑޫ ސިޓީގައި މަސްތުވާތަކެތި ވިއްކުމުގެ ވިޔަފާރީގައި އިސްކޮށް ހަރަކާތްތެރިވާ ބޮޑެއް ކަމުގައި ފުލުހުން ބުނާ އަބްދުالله އިބްރާހިމް (އަބުޗާ) 25 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
އަބުޗާ 25 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއެކީ ސޮއިކުރި އިއުތިރާފު އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ އިއުތިރާފު އެއްބަސްވުމެއް ހެދީ 98 ކިލޯގެ ޑްރަގު އެތެރެކުރަން އުޅުނު މައްސަލައިގައި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ޕީޖީ އޮފީހުން އަބުޗާގެ މައްޗަށް ދެ ދައުވާއެއް ކުރި އެވެ. މި ދެ ދައުވާގެ ހުކުމަކީ ކޮންމެ ދައުވާއަކަށް 25 އަހަރު ޖަލަށް، ޖުމްލަ 50 އަހަރަށް ޖަލަށް ލުމެވެ.
ނަމަވެސް އޭނާ އިއުތިރާފުވެފައިވާތީ އަދުބުން އެއްބައި އުނިކުރުމަށް ފަހު ކޯޓުން ހުކުމް ކުރީ 25 އަހަރަށް ޖަލަށް ލުމާއެކު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާށެވެ. އަދި މި މައްސަލައިގައި އޭނާ ޖަލުގައި ހުރި މުއްދަތު އުނިކުރުމުން ޖަލުގައި ހުންނަން ޖެހޭނީ 21 އަހަރަށެވެ.
މި މައްސަލައިގައި އަބުޗާގެ އިތުރުން، 13 މީހަކު ބަންދުކުރި އެވެ. މި މައްސަލައިގައި ދެން ހައްޔަރުކުރި މީހުންނާ މެދު ޕީޖީ އޮފީހުން އަމަލުކުރީ ކިހިނެއް ކަމެއް ނޭނގެ އެވެ.
އޭރުގެ ހަބަރުތަކުން ފެންނަން ހުރި ގޮތުގައި މި މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހެރޮއިން އާއި އެމްޑީއެމްއޭ އާއި އެމްފެޓަމިން ހިމެނެ އެވެ. މި ތަކެތި އަތުލައިގަތީ ކަނޑުމަގުން އެ ތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.
އައްޑޫގެ ޑްރަގުގެ ބޮޑެއް ކަމަށް ބުނާ އަބުޗާ 25 އަހަރަށް ޖަލަށް އައްޑޫގެ ޑްރަގުގެ ބޮޑެއް ކަމަށް ބުނާ އަބުޗާ 25 އަހަރަށް ޖަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ