ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް 12 ބޭފުޅަކު ކުރިމަތިލައްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް 12 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމެއް ހުސްވީ އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނެވެ. އެހެންވެ، އެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އޮތީ ހުޅުވާލައިފަ އެވެ.އެ މުއްދަތު މިއަދު މެންދުރު 12 ޖެހުމާ ހަމައަށް ހަމަވިއިރު، ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ހައި ކޯޓުގެ އިސް ފަނޑިޔާރު މުހައްމަދު ފައިސަލާއި އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ހިމެނިވަޑައިގަންނަވަ އެވެ. އަދި ކުރީގެ ފަނޑިޔާރުންގެ ތެރެއިން ހަ ބޭފުޅަކު ވެސް ކުރިމަތިލެއްވި އެވެ.ކުރިމަތިލެއްވި ބޭފުޅުންނަކީ:1- މުހައްމަދު ފައިސަލް، ވީނަސް/ބ. ފުޅަދޫ (ހައި ކޯޓުގެ އިސް ފަނޑިޔާރު)2- މުހައްމަދު ވަހީދު އިބްރާހީމް، މއ. އައިވަރީހައުސް (ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު)3- އިބްރާހީމް އަލީ، އަންމޮލް4- މުހައްމަދު އިބްރާހީމް، ދާރުއްސަލާމް/ގއ. ކޮނޑޭ5- އަބްދުﷲ ހަމީދު، ނޫރާނީމާގެ /ނ. ހެނބަދޫ (ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު)6- އަބްދުއްގަނީ މުހައްމަދު، ހ. ހޯސްޓްސައިޑް (ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު)7- އަހުމަދު ހައިލަމް، އޯޝަންލީޑް /ސ. ހިތަދޫ (ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ)8- ޝުޖާއު އުސްމާން، ހިލިހިލާއާގެ/ގއ. ވިލިނގިލި (ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު)9- މުހައްމަދު ސަލީމް، މޯނިންވިލާ /ފ. ބިލެތްދޫ (ހައި ކޯޓުގެ ފަނޑިޔާރު)10- މުހައްމަދު ރާގިބު އަހުމަދު (ކުރީގެ ފަނޑިޔާރެއް؛ މި ސަރުކާރުގެ ސިޔާސީ މަގާމެއް ކުރިން ފުރުއްވި)11- އައިޝަތު ފަޒުނާ އަހުމަދު، ދަފްތަރު ނަންބަރު ރސ 5514 (ކުރީގެ އެސިސްޓެންޓް ޕްރޮސެކިއުޓަ ޖެނެރަލް)12- މަރިޔަމް ނިހާޔަތު (ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް؛ ސިވިލް ކޯޓުގެ ކުރީގެ ގާޒީ)ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ މަގާމު ހުސްވީ، ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ސަރުކާރު ކޮންޓްރޯލް އޮންނަ ޖޭއެސްސީން ނިންމައި ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފްތާގެ ބުދަ ދުވަހު އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ