ބައެއް ކެންޑިޑޭޓުން ނަން ނެގުމުން މީޑިއާ ކައުންސިލް މެންބަރު ކަމަށް އަލުން ހުޅުވާލައިފި

ބައެއް ކެންޑިޑޭޓުން ނަން ނެގުމުން މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރު ކަމަށް އަލުން ހުޅުވާލައިފި އެވެ.
މީޑިއާ ކައުންސިލުގެ އާންމު މެންބަރު ކަމާއި މީޑިއާތައް ތަމްސީލްކުރާ ދެ މެންބަރުންގެ މަގާމާއެކު ޖުމްލަ 3 މެންބަރުންގެ މަގާމު އޮތީ ހުސްވެފަ އެވެ.
އެ ކަމަށް ހުޅުވާލުމުން ބައި އިލެކްޝަނަށް މީޑިއާ ތަކުން ކުރިމަތިލި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން ދެ ކެންޑިޑޭޓެއްގެ ނަން ވަނީ ނަގާފަ އެވެ.
ޔޫތު މިނިސްޓްރީން މިއަދު ބުނީ ބައެއް ކެންޑިޑޭޓުން ނަން ނެގުމުން މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރު ކަމަށް އަލުން ހުޅުވާލާފައިވާ ކަމަށެވެ.
އެކަމަށް އެދޭ މީހުން މި މަހުގެ 27 ވަނަ ދުވަހުގެ 2:00 ގެ ކުރީން ހުށައެޅުމަށް ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ