މީހަކު ރަނގަޅު ގޮތުގައި އުޅެން ބޭނުންވެގެން ކުރިއަށްދާން މަސައްކަތްކުރާނަމަ އެކަމަށް ހުރަސް އަޅަން ޝައިޠޯނުންނަށް ކުރެވުނުހައި މަސައްކަތެއް ކުރާނެއެވެ. އިންސާނުންގެ ތެރޭގައި ތިބި ޝައިޠޯނުން މެދުވެރިކޮށްވެސް މަސައްކަތްކުރާނެއެވެ. ވީމާ އަޑުއަހާށެވެ!
ބައެއް އަންހެންކުދިން ބުނެއެވެ. "ޝައިޚް އެވެ. ބައެއް ފިރިހެން ކުދިންނާ ވާހަކަ ނުދައްކަން ހުންނައިރުވެސް ހަމަގުޅަނީއެވެ. ފޯނުނުނެގީމާވެސް ގުޅަނީއެވެ. ނަގާފައި ދެން ނުގުޅަން ބުނީމައިވެސް ގުޅަނީއެވެ. ނިކަން ވިދާޅުވެބައްލަވާށެވެ! މިއީ ﷲ ތަޢާލާގެ ކޯފާއެއްތޯއެވެ؟ ނޫނީ ﷲ އަޅުގަނޑުދެކެ ރުހިވޮޑިނުގަންނަވާތީ ޝައިޠޯނާއަށް ދޫކޮށްލެއްވެވީތޯއެވެ.؟"
ލޮބުވެތި އުޚުތުންނޭވެ! އެކަންކަން މެދުވެރިވަނީ ތިއަ ވިސްނޭ ގޮތަކަށް ނޫނެވެ. އެއިގެ ދިމާ އިދިކޮޅަށެވެ. ޔަޤީންކުރާށެވެ! ﷲ ތަޢާލާ ތިބާދެކެ ލޯބިވެވޮޑިގަންނަވާވަރު ހަމަބޮޑީއެވެ. އެހެންވެ ކުރިމަތިކުރައްވވާ އިމްތިޙާންތައް ވަރުގަދަކުރައްވަވަނީއެވެ.
ޝައިޠޯނުން ތިބީ ހަމައެކަނި ޖިންނިންގެ ތެރެއަކު ނޫނެވެ. އިންސާނުންގެ ތެރޭގައިވެސް ޝައިޠޯނުންތައް ދަނީ ގިނަވެ އިތުރުވަމުންނެވެ. ތިބާ ވާހަކަދައްކަން ބޭނުންނުވާ މީހަކު ގުޅައި އުނދަގޫކުރާނަމަ ރިވެތި ބަހުން އެކަން ނުކުރަން ބުނީމާވެސް އުނދަގޫކުރާނަމަ އަވަހަށް އެނަންބަރު ބްލޮކްކޮށްލާށެވެ.
ނުރުހުމުގެ ބަސްބުނީމާވެސް ޤަބޫލުނުކޮށް ގުޅައި އުނދަގޫކުރާނީ އެންމެ ދަށުދަރަޖައިގެ މީހުންނެވެ. އެއްވެސް އަޚްލާޤެއް ނެތް މީހުންނެވެ. އެމީހުން ބުނާނީ ލޯބިވާވަރު ބޮޑުކަމުން ހަމަގުޅެނީ ކަމަށެވެ. ނަމަވެސް 99 އިންސައްތަ ފަހަރު ޙަޤީޤަތް މުޅިން ތަފާތުވާނެއެވެ. އެއުޅެނީ ލޯބިވާވަރަކުން ނޫނެވެ. އެއުޅެނީ ޝައިޠޯނާގެ ވަސްވާސްތައް ބޮލަށްވަދެ މައިތިރި ނުވެވިގެން ޝައިޠޯނާ ކުރުވަން ބޭނުންވާ ކަންކަން ކުރެވޭތޯއެވެ.
ވީމާ މިފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ﷲ ތަޢާލާގެ މަގުގައި ޘާބިތުވާން ކުރާ މަސައްކަތް ވަރުގަދަކުރާށެވެ! ދެއްވެވި ފުރުޞަތުގެ ބޭނުން ހިފައި ﷲ ތަޢާލާގެ ޙަޟްރަތާއި އެންމެ ގާތަށް ކުއްތަންވާން ގަދައަޅައި މަސައްކަތްކުރާށެވެ! އަދި އެފަދަ އުނދަގޫތަކުން ސަލާމަތްވެ ހުރުމަށްޓަކައި އެމީހެއްގެ ނަންބަރު ބްލޮކްވެސް ކޮށްލާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިބާ ލައްވައި ނުބައި ޢަމަލުކުރުވަން ގުޅައި އުނދަގޫކުރާނަމަ ވިސްނަންވީ ކަންކަން-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ