ފުރަތަމަ މިކިޔައިދެނީ ދާދިފަހުން ހިނގި ކަމެއްގެ ވާހަކައެވެ. ސިހުރުވެރިއަކު އެތައް ވަރަކަށް މަސައްކަތްކުރުމުންވެސް ކާމިޔާބުނުވީއެވެ. އެހިސާބުން އެންމެ ފަހު އެތިފަހަރެއްކަމަށް ބަލައި ކުރެވެން އޮތްކަންތައް ކުރެވޭނެ އެއްވެސް މަގެއް ނުފެނުމުން ބޮޑުއަގެއް ދީފައި ނޯކަރަކު ލައްވައި މެޑަމްގެ ފެންތަށްޓަށް އެމީހުންދޭ ފެނެއް އެޅުވީއެވެ.
ކިތަންމެ ބާރުގަދަ ސިޙުރުވެރިންނަށްވެސް ޙަމަލާދެވޭނީ ﷲ ތަޢާލާގެ އިޛްނަފުޅާއިއެކު ކަމުން އެކަންވެސް ކާމިޔާބެއް ނުކުރެވުނެވެ. ފެންތަށި ފެނުމާއިއެކު މެޑަމް ބުންޏެވެ. މީގައި މިހުރީ ކޮން ކުނިތަކެއް ހެއްޔެވެ؟ ފެން ތިއަ ގެނައީ ތަށި ރަނގަޅަށް ނުދޮވެ ނޫންހެއްޔެވެ؟
ނޯކަރުގޮސް ފެންތަށި ގެނައެވެ. ބަލަބަލައިވެސް އޭނާއަކަށް އެއިން އެންމެ ކުނިކޮޅެއްވެސް ނުފެނުނެވެ. ފެންނަނީ ސާފުފެނެވެ. އެހެންވެ ތަށި ގެންގޮސް އަނެއްކާވެސް ބެހެއްޓިއެވެ. އެފަހަރުވެސް ފެނުން ކުނިފެނުމުން މެޑަމް ފެންތަށިހިފައިގެން އަމިއްލައަށް ސިންކުކައިރިއަށް ގޮސް ސިންކަށް ތަށިހުސްކޮށްލައި ތަށި ރަނގަޅަށް ދޮވުމަށްފަހު އަމިއްލައަށް ފެންއަޅައިގެން ގޮސް އިށީނީއެވެ.
މެޑަމް އެއީ މާބޮޑުކަމަކަށް ނުހަދައެވެ. މެޑަމް ވިސްނީ ނޯކަރަށް ނަފްސާނީ ކަމެއް މެދުވެރިވެފައި ހުރި ވަޤުތެއް ވީމާ ފަރުވާކުޑަކުރެވުނީ ކަމަށެވެ. އެހެންވެ ކައި ނިމިގެން ގޮސް ސޯފާގައި އިށީނދެފައި ނޯކަރަށް ގޮވާލުމުން ނޯކަރަށް ހީވީ އޭނާއަށް ކުރެވުނު ކަންތައް މެޑަމަށް އެނގުނީ ކަމަށެވެ.
ގޮސް ކުރިމަތީގައި ހުއްޓުމުން މެޑަމް ސުވާލެއް ކުރުމުގެ ކުރިން ރޮވެން ފަށައިފިއެވެ. ރޮމުން އަވަސް އަވަހަށް ކަންތައްވީގޮތް ކިޔައިދިނުމުން މެޑަމް ބުނީ މިހައި ގިނަ ދުވަހު މިހައި ބޮޑަށް ހެޔޮކޮށް ހިތައިގެން ގެންގުޅުނު މީހެއްގެ ކިބައިން ތިއަވަރުގެ ކަމެއް ދިމާވުމުން ދެން ގެންގުޅެވެން ނެތްކަމަށެވެ. އަވަހަށް ގެއިން ދިއުމަށެވެ.
އެގޮތަށް އެކަން މެދުވެރިވުމަކުން އަހުރެން ޙައިރާނެއް ނުވަމެވެ. އެއަންހެން މީހާއަކީ ތަޤްވާވެރިކަމުގެ އެންމެ މަތީ ހަރުފަތުގައި އިންނަ އަނހެނެކެވެ. ކޮންމެ ދުވަހަކުވެސް ދެއިރުގެ ޛިކުރުތައް ކިޔެވުމުގެ އިތުރުން ހެނދުނު ބަޤަރާ ސޫރަތް ކިޔަވައެވެ.
ޙަޤީޤަތް އެނގުނުއިރު އޭނާއަށް ސިޙުރު ހެއްދުވީ އޭނާގެ އަޚެކެވެ. މަރުވުމުން މުދަލަށް ވެރިވެގަތުމުގެ ބޭނުމުގައެވެ. މިހުރީ ކަންކަން މެދުވެރިވާ ގޮތެވެ. އަހުރެންގެ ނަޞީޙަތަކީ ކޮންމެ މީހަކުވެސް ސިޙުރަށް ރައްކައުތެރިވެގެން އުޅުމެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ލިބިގެން ހުންނަ މީހަކަށް ދެރައެއް ދެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިފަތުގެ ދަރުސަކުން
ކިތަންމެ ބޮޑު އަގެއް ލިބެން އޮތަސް ސިޙުރުވެރިން ބުނާ އެއްވެސް ކަމެއް ނުކުރާށެވެ! އެމީހުންނަށް އެހީތެރިނުވާށެވެ! ތިރީގައިވާ ޙާދިސާއިން އެކަމުގެ ހުރި ނުބައިކަން ބޮޑުކަން ވިސްނޭނެއެވެ. އިން ޝާ ﷲ
ޞިޙުރުވެރިން ބުނާ ކަންކަން ކޮށްދިނުމަކީ ވަރަށް ނުރައްކާތެރިކަމެކެވެ. ޞިޙުރުވެރިން ބުނާ ކަންކަން ކޮށްދިން ނަރުހެއްގެ ވާހަކަ އެއީވެސް މަޝްހޫރުވާހަކައެކެވެ.
ބުނެވޭގޮތުން އެނަރުހަކީ މީހުން މަރުވުމުން، ސިޙުރުވެރިންދޭ ތަކެތި އެމައްޔިތުންގެ އަނގައަށް ލައްވައިދީ އުޅުނު ނަރުހެކެވެ. ބެލެވޭ ގޮތުން އެއީ ތަވީދެއް (ތަވީދު ލިޔެފައިވާ ކުޑަކަރުދާސްކޮޅެއް) ފަދަ އެއްޗެކެވެ.
އޭނާ ޙައްޖަށް ދިއައެވެ. އެކަމަކު އޭނާގެ ލޮލަކަށް ޙަރަމްފުޅެއް ނުފެނުނެވެ. އޭނާ މަރުވުމުން ވަޅުލާން އުޅެއުޅެ އެކަމެއްވެސް ނުކުރެވުނެވެ. އެންމެފަހުން އެމީހުން ނިންމީ ހަށިގަނޑު، ވަޅުގަނޑުގައި ބާއްވާފައި ދިއުމަށެވެ. އެންމެން ދާންފެށުމުންވެސް އޭނާގެ ދަރިފުޅު އެތަނުގައި ހުއްޓެވެ.
އެވަޤުތު ހުދުހެދުމެއްގައި ހުރި މީހަކު އޭނާގެ ގާތުގައި އެތަނުން ދިއުމަށާއި ފަހަތް ނުބެލުމަށް ބުންޏެވެ. އެކުއްޖާ ހިނގައިގަނެފައިވެސް ފަހަތް ބަލައިލެވުނެވެ. އެވަޤުތަކީ މަތިން ވިދުވަރެއް ފަދައިން އަލިފާން ފައިބައި އޭނާގެ ހަށިގަނޑު އަންދައިލި ވަޤުތެވެ. އެކުއްޖާގެ ގައިންވެސް ބައެއް ފިހުނެވެ. އެއީ ފަސްއެނބުރި ބެލީތީއެވެ.
މިބާވަތުގެ އެތައް ކަންތައްތަކެއް ދަނީ ފެންނަމުންނެވެ. އަހުރެމެންނަށް އޮތީ ޢިބްރަތް ޙާޞިލްކުރުމެވެ. ޞިޙުރުވެރިއަކު ބުނާ އެއްވެސް ކަމެއް ނުކުރާށެވެ. ތިމާއާއި ގުޅުންހުރިކަމެއްގައިވެސް އަދި ގުޅުން ނެތް ކަމެއްގައިވެސް ނުކުރާށެވެ. ﷲ ތަޢާލާގެ ކޯފާ ލައްވަވާނީ ކޮންވަޤުތަކު ކޮންގޮތަކަށް ކަމެއް ނުއެނގޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ސިޙުރުވެރިންނަށް އެހީތެރިވެދެމުން އައި އަންހެނަކު މަރުވުމުން ހަށިގަނޑަށް ކުރިމަތިވި އާދަޢާޚިލާފަށް ބޮޑު ބިރުވެރިކަމުގެ ވާހަކަ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ