ރާއްޖޭގައި ފުރަތަމަ ފަހަރަށް މެޔަށް ހޮޅިލައްވައިގެން ހަދާ ޑަޔަލިސިސްގެ ޚިދުމަތް ފަށައިފި

ޕެރިޓޯނިއަލް ޑަޔަލިސިސް ހެދުމަށް ބޭނުންކުރާ ކެތީޓަރު ނުވަތަ ހޮޅި ލެއްވައިގެން ހަދާ ޑަޔަލިސިސްގެ ޚިދުމަތް އައިޖީއެމްއެޗްގައި ފަށައިފިއެވެ. މިއީ މި ޚިދުމަތް ރާއްޖޭގައި ފެށި ފުރަތަމަ ސިއްޚީ ޚިދުމަތްދޭ ތަނެވެ.
މާލެ ގްރޫޕް އޮފް ކޮމްޕެނީގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ޙަލީމް ރޭ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައިޖީއެމްއެޗްގައި ޕެރިޓޯނިއަލް ޑަޔަލިސިސްގެ ޚިދުމަތް ފޯރުކޮށްދޭތާ 18 މަސް ވެއްޖެ ކަމަށާއި، އެ ފަރުވާގެ ތެރެއިން މި މަހުގެ ކުރީކޮޅު ފުރަތަމަ ޓެންކޮފް ޕެރިޓޯނިއަލް ޑަޔަލިސިސް ކެތީޓަރު ލެއްވުމުގެ ކާމިޔާބު އޮޕަރޭޝަނެއް އެ ހޮސްޕިޓަލުން ކޮށްފައިވާ ކަމަށެވެ.
އަދި އެކަން ކުރިއަށް ގެންދިޔައީ ސާޖަރީ، ޔޫރޮލޮޖީ، އެނެސްތީސިއާ އަދި ނެފްރޮލޮޖީގެ ދާއިރާތަކުން ތަމްރީނު ލިބިފައިވާ ޚާއްޞަ ދިވެހި ޑޮކްޓަރުންގެ ޓީމަކުން ކަމަށާއި، އެ ޚިދުމަތާ ގުޅުންހުރި އިތުރު ތަމްރީނު ޕްރޮގްރާމްތައް މިހާރު ވެސް އައިޖީއެމްއެޗްގައި ކުރަމުންދާ ކަމަށް ޙަލީމް ވިދާޅުވިއެވ.
މި ކުރިއެރުމަކީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބުނު ވަރަށް މުހިންމު އަދި ފާހަގަކޮށްލެވޭ ކުރިއެރުމެއް
މާލެ ގްރޫޕް އޮފް ކޮމްޕެނީގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ޙަލީމް
ޚަލީމްގެ އެ ޕޯސްޓުގައި ވަނީ ޕެރިޓޯނިއަލް ޑަޔަލިސިސްގެ ޚިދުމަތަށް ވެސް އަލިއަޅުއްވައިލައްވާފައެވެ. އެގޮތުން އެ ޚިދުމަތަކީ ބަލިމީހާއަށް އަމިއްލަ ރަށުގައި،އަމިއްލަ ގޭގައި، އެއްވެސް ވޭނަކާ ނުލައި، އަދި މެޝިނެއް ބޭނުންނުކޮށް ރައްކާތެރިކަމާއެކު ކުރެވޭ ފަރުވާއެއް ކަން ޙަލީމު ވަނީ ފާހަގަކުރައްވާފައެވެ.
ޕެރިޓޯނިއަލް ޑަޔަލިސިސް ހެދުމަށް ބޭނުންކުރާ ކެތީޓަރު ނުވަތަ ހޮޅި ލެއްވައިގެން ހަދާ ޑަޔަލިސިސްގެ ޚިދުމަތް އައިޖީއެމްއެޗްގައި ފަށައިފައިވާއިރު، މާލެއާއި އަތޮޅުތަކުގެ ރަށްތަކުގައި ކިޑްނީ ބަލީގެ ފަރުވާގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުންވަނީ މަޝްރޫޢެއް ފަށާފައެވެ.
އެގޮތުން މާލެ ސަރަޙައްދުގައި ސިއްޙީ ފަރުވާދޭ ހުރިހާ ބޮޑެތި ހޮސްޕިޓަލުތަކުގައި ޑަޔަލިސިސްގެ ޚިދުމަތް ޤާއިމުކޮށްފައިވާއިރު ސަރުކާރު ހޮސްޕިޓަލުތަކުގައި މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ