ތަރުހީބު ބޮޑުވެ، ޙައްޖު ޢުމްރާ އެގްޒިބިޝަން 2025 މިއަދު ހަވީރުވެސް ކުރިއަށް ގެންދާނެ!

ޙައްޖު ޢުމްރާ އެގްޒިބިޝަން 2025 ގެ ތެރެއިން ކުރިއަށް ގެންދާ ސްޓޯލް ހަރަކާތްތަކަށް އާއްމުންގެ ތަރުހީބު ބޮޑުވެ، މިއަދު ހަވީރު 16:00 އިން 19:00 އަށް އެގްޒިބިޝަން ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
މި އެގްޒިބިޝަންގައި ރާއްޖޭގައި ހަރަކާތްތެރިވާ އެކި ޢުމްރާ ކުންފުނިތަކުން، އެ ކުންފުނިތަކުގެ ޚިދުމަތްތަކާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ކުޑަކުދިންނާއި ގުޅޭ ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މި އެގްޒިބިޝަންގެ ތެރެއިން އާއްމުންނަށް ޒަމްޒަމް ފެން ބޯން ލިބޭނެ އިންތިޒާމްވެސް ހަމަޖައްސާފައިވެއެވެ.
މި އެގްޒިބިޝަންގައި ބައިވެރިވާ ކުންފުނިތަކަކީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް، އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް، މީޤާތު ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑް، ކަމަނަ އަލްޙައްޖު ވަލްޢުމްރާ، ތަޙީ ޙައްޖު އެންޑް ޢުމްރާ ގުރޫޕް ޕްރައިވެޓް ލިމިޓެޑް އަދި އަލްފަޖްރު ޓްރެވަލްސްއެވެ. މީގެ އިތުރުން ޤައުމީ އެއާލައިން، މޯލްޑިވިއަނުންވެސް މި އެގްޒިބިޝަންގައި ބައިވެރިވެއެވެ.
މި އެގްޒިބިޝަނަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެން ޚާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ގުރުއަތު ހޮވޭ ފަރާތަކަށް ކ. ތުލުސްދޫ އާސްނާ އިން ހުށައަޅާފައިވާ 2 ނައިޓް ސްޓޭގެ އިތުރުން އަލްމުސާފިރް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށައަޅާފައިވާ 5 ލީޓަރުގެ 10 ޒަމްޒަމް ފެން ފުޅި 10 ފަރާތަކަށް ދިނުމަށް ހަަމަޖެހިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ