ސަރުކާރުގެ 12 ކުންފުންޏެއް މި އަަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޮޑު ގެއްލުމެއްގައި ހިންގިކަން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ކުއާޓަލީ ރިޕޯޓުން ދައްކައިފި އެވެ.
ވީކިހިނެއް؟ - އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލިބުނު އާމްދަނީ އާއި ލިބުނު ފައިދާ ނުވަތަ ގެއްލުން ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ރިޕޯޓް މިހާރު ޕީސީބީގެ ވެބްސައިޓުގައި ފެންނަން އެބަހުއްޓެވެ.
ތަފްސީލް - އެއިން ދައްކާ ގޮތުގައި ގެއްލުމުގައި ހިނގި ކުންފުނިތަކުގެ ތެރޭގައި ގިނައީ ދައުލަތުން ބަޖެޓް ސަޕޯޓް ފޯރުކޮށްދޭ ކުންފުނިތަކެވެ. ދައުލަތުގެ ބަޖެޓުން 12 ކުންފުންޏަކަށް ފައިސާ ދޭ އިރު އެއިން 10 ކުންފުންޏެއް ހިންގަނީ ގެއްލުމުގަ އެވެ. އެ ގޮތުން:
އާރުޑީސީ -113.73 މިލިއަން ރުފިޔާގެ ގެއްލުމެއް
ފެނަކަ - 33.72 މިލިއަން ރުފިޔާގެ ގެއްލުމެއް
އައްޑޫ އެއާޕޯޓް - 17.55 މިލިއަން ރުފިޔާގެ ގެއްލުމެއް
އެފްޑީސީ - 14.05 މިލިއަން ރުފިޔާގެ ގެއްލުމެއް
ޓްރޭޑްނެޓް - 10.55 މިލިއަން ރުފިޔާގެ ގެއްލުމެއް
ފަންޑު މެނޭޖުމަންޓް (އެމްއެފްއެމްސީ) - 7.15 މިލިއަން ރުފިޔާގެ ގެއްލުމެއް
ހައްޖު ކޯޕަރޭޝަން - 6.6 މިލިއަން ރުފިޔާގެ ގެއްލުމެއް
ޕީއެސްއެމް - 5.72 މިލިއަން ރުފިޔާގެ ގެއްލުމެއް
ބީސީސީ - 3.65 މިލިއަން ރުފިޔާގެ ގެއްލުމެއް
ޕޯސްޓް - 2.26 މިލިއަން ރުފިޔާގެ ގެއްލުމެއް
ސަރުކާރުން ބަޖެޓް ދޫނުުކުރާ ކުންފުނިތަކުގެ ތެރެއިން ވެސް ދެ ކުންފުންޏެއް މި އަހަރު ފުރަތަމަ ކުއާޓަރުގައި ލިބުނީ ގެއްލުމެވެ. އެ ގޮތުން:
އައިލެންޑް އޭވިއޭޝަން - 46.36 މިލިއަން ރުފިޔާގެ ގެއްލުމެއް
އެމްޓީސީސީ - 19.66 މިލިއަން ރުފިޔާގެ ގެއްލުމެއް
ސަރުކާރުގެ 12 ކުންފުންޏަކަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޮޑު ގެއްލުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ